ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 19:15
ރައީސް ނަޝީދު ކޭކް ފަޅުއްވައި ދެއްވަނީ
ރައީސް ނަޝީދު ކޭކް ފަޅުއްވައި ދެއްވަނީ
ރާއްޖެ އެމްވީ
ރައީސް ނަޝީދު
ހިތަދޫ މެދު ދާއިރާގެ ރައްޔިތުންނާއި ރައީސް ނަޝީދު ބައްދަލުކުރައްވައި ޚާއްޞަ ކޭކެއް ފަޅުއްވައިފި
މިބައްދަލު ކުރެއްވުން އޮތީ އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީ ހަރުގޭގައި

ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ ސިޓީއަށް ކުރައްވާ ޚާއްޞަ ދަތުރުފުޅުގައި އެސިޓީގެ ހިތަދޫ މެދު ދާއިރާގެ ބައެއް ރައްޔިތުންނާ ބައްދަލު ކުރައްވާ ޚާއްޞަ ކޭކެއް ފަޅުއްވައިފިއެވެ.

މި ބައްދަލު ކުރެއްވުން އޮތީ އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގައި ހުންނަ އެމްޑީޕީ ޖަގަހައިގައެވެ.

އެޖަގަހައިގައި ބުދަ ދުވަހުގެ ހެނދުނު ނާސްތާ އަށް ފަހު ރައީސް ނަޝީދު ވަނީ އެ ދާއިރާގެ ބައެއް ޢާއްމު ރައްޔިތުންނާ ބައްދަލު ކުރައްވައި ސަލާމް ކުރައްވާ އަދި އެމީހުންނާއެކު ފޮޓޯ ނެންގެވުމުގައި ވަގުތުކޮޅެއް ހޭދަ ކުރައްވާފައެވެ.

އެބައްދަލު ކުރެއްވުމަށް ފަހު އެމަނިކުފާނު ވަނީ އެމަނިކުފާނަށް ޚާއްޞަ ކޮށްގެން ތައްޔާރު ކޮށްފައިވާ ކޭކެއް ފަޅުއްވައިދެއްވާފައެވެ. އެކޭކް ތައްޔާރު ކުރައްވާފައި ވަނީ އެމަނިކުފާނު ވިދާޅުވާ ޚާއްޞަ ބަސްފުޅެއް ކަމަށްވާ "މިއީ ހިތާ ހިތުގެ ގުޅުމެއް" މި ލިޔުންކޮޅާއެކު ޒީނަތްތެރި ކުރެވިފައެވެ.

މި ހަރަކާތުގައި ރައީސް ނަޝީދުއާ އެކު މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ އެމަނިކުފާނުގެ ސަރުކާރުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އަދި އެމްޑީޕީގެ އިސް ސަފުގައި ހިމެނި ވަޑައިގަންނަވާ ބައެއް ވެރިންގެ އިތުރުން އައްޑޫ ސިޓީގެ ބައެއް ކައުންސިލަރުން ބައިވެރިވެވަޑައި ގެންފައިވެއެވެ..

އައްޑޫ ސިޓީއަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި ވަނީ އެމަނިކުފާނަށް ޚާއްޞަ އޮފީހެއް ވެސް ހުޅުވާފައެވެ. މި އޮފީސް ހުޅުވައިދެއްވީ ބުދަ ދުވަހު ހެނދުނު ރައީސް ނަޝީދެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް