ކ. މާލެ
|
7 ނޮވެންބަރ 2018 | ބުދަ 04:26
ވޯޓު ކަރުދާސް
ވޯޓު ކަރުދާސް
ޙުސައިން ޙަސަން
ރިޔާސީ އިންތިހާބު
ވޯޓު ކަރުދާސް ނައްތާލީ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ފަހަނައަޅާ ދިޔަފަހުން: ޝަރީފު
ވޯޓު ކަރުދާސް ނައްތާލީ ކަނޑައެޅިފައިވާ މުއްދަތަށްވުރެ ހަތް ދުވަސް ފަހުން
ވޯޓު ކަރުދާހާ ގުޅޭ މައްސަލައެއް ބަލަމުންދާކަން ފުލުހުން އަންގާފައެއް ނެތް
މިކަމާ ޕީޕީއެމް އިން ދަނީ ކަންބޮޑުވުން ފާޅުކުރަމުން

ވޯޓު ކަރުދާސް ނައްތާލާފައިވަނީ ގާނޫނުން ވޯޓު ކަރުދާސް ބެހެއްޓުމަށް ލާޒިމް ކުރާ މުއްދަތަށް ވުރެ ހަތް ދުވަސް ފަހުން ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވޯޓު ކަރުދާހާ ގުޅޭ މައްސަލައެއް ކޯޓަށް ހުށަހެޅިފައިވާ ކަމެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެކޮމިޝަނަށް އަންގާފައި ނުވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ޝަރީފު މިހެން ވިދާޅުވެފައިވާ އިރު ވޯޓު ކަރުދާސްތައް ނައްތާލާފައިވާތީ ފުލުހުންވަނީ ޝަރީފު އެއިދާރާއަށް ހާޒިކޮށް ސުވާލުކުރައްވާފައެވެ.

އަންގާރަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޝަރިފު ވިދާޅުވީ، ވޯޓު ކަރުދާސް ޝްރެޑް ކޮށްގެން ނައްތާލުމުގެ މަސައްކަތް ކަރަމުންދާ ކަމަށެވެ.

ވޯޓު ކަރުދާސްތައް ނައްތާލުމާ ގުޅިގެން ޕީޕީއެމް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވޯޓު ކަރުދާސްތަކަކީ އިލެކްޝަންސް ކޮމިޝަނާއި ފުލުހުން ގުޅިގެން ބަލަހައްޓަންޖެހޭ އަމާނާތެއް ކަމަށެވެ. ނަމަވެސް އިންތިހާބާ ގުޅޭ މައްސަލަތަކެއް ތަހުގީގު ކުރަމުންދާ ވަގުތެއްގައި އެ ކަރުދާސް ނައްތާލުމަކީ ބޮޑު ޖަރީމާއެއް ކަމަށް އެޕާޓީން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް