ކ. މާލެ
|
7 ނޮވެންބަރ 2018 | ބުދަ 04:22
ރިޔާސީ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށްދަނީ
ރިޔާސީ އިންތިހާބުގެ ވޯޓު ގުނުން ކުރިއަށްދަނީ
ރާއްޖެ އެމްވީ
ރިޔާސީ އިންތިހާބު 2018
ރިޔާސީ އިންތިހާބުގެ އިންތިޒާމުތަކާ މެދު ދައުލަތް ފަހުރުވެރި ވާންޖެހޭ: އަކްރަމް
އިންތިހާބުގެ ކަންކަން ކުރިއަށް ގެންދިޔައީ މިނިވަންކަމާއެކު
އޮފިޝަލުން ލޮލަށް ނުފެންނަ ވާހަކަތައް ނުދެއްކުން އެދެން
ރިޔާސީ އިންތިހާބުގައި ގިނަ އޮބްޒަރވަރުން ބައިވެރިވި

ދައުލަތުގެ މުއައްސަސާއަކުން ރަނގަޅަށް ކަމެއް ކުރުމުން ސަރުކާރާއި މުޅި ދައުލަތް ފަހުރުވެރިވާނަމަ އެންމެ ބޮޑަށް ފަހުރުވެރިވާންޖެހޭނީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިހާބުގެ އިންތިޒާމުތަކާ މެދު ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި އަންގާރަ ދުވަހުގެ ރޭ ވާހަކަދައްކަވަމުން އަކުރަމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ކަންކަން ކޮށްފައިވަނީ ވަރަށް ފުރިހަމައަށް ކަމަށާއި އިންތިހާބު ކުރިއަށް ގެންގޮސްފައިވަނީ މިނިވަންކަމާއެކު ކަމަށެވެ.

އިންތިހާބުގައި ގާނޫނާ ހިލާފު އެއްވެސް ކަމެއް ނުހިނގާކަމުގެ ފުރިހަމަ ޔަގީންކަން އެކޮމިޝަނަށް އެބަ އޮތް ކަމަށާއި، އިންތިހާބުގެ ތެރެއިން ގާނޫނާ ގަވައިދާ ހިލާފަށް ހިނގާފައިވާ ކަމެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ނުފެތުރުމަށް އެދޭ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހާއްސަކޮށް އޮފިޝަލުންވެސް އަމިއްލަ ލޮލަށް ނުފެންނަ ކަންކަމުގެ ވާހަކަ ނުދެއްކުމަށް އަކްރަމް އިލްތިމާސް ކުރެއްވިއެވެ.

"ރައްޔިތުން ލީ ވޯޓު ސުވާލު އުފެދޭ ގޮތަށް، ވަކި ބަޔަކު އެދިގެން ނުހިނގާ ކަމެއް ހިނގިކަމަށް ވިދާޅުވެ، ބަޔާން ނުދެއްވާށޭ. ނުވަތަ އެފަދަ ވާހަކަތައް މީޑިއާގައި ވިޔަސް ނުވަތަ އެނޫން ގޮތަކަށްވެސް ހާމަކުރަމުން ނުގެންދަވާށޭ.އޭރުން އެބޭފުޅުންގެ އަގު ވެއްޓިގެންދާނެ،" އަކްރަމު ވިދާޅުވިއެވެ.

މި އިންތިހާބަކީ ރާއްޖޭގައި ބޭއްވުނު އިންތިހާބުތަކުގެ ތެރެއިން އެންމެ ގިނަ އޮބްޒަރވަރުންނާއި މޮނިޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުންވެސް ބައިވެރިވި އިންތިހާބު ކަމަށާއި އިންތިހާބުގައި ނުރަނގަޅު ކަންތައްތަކެއް ހިނގިކަމަށްވާނަމަ، އެކަމެއް ހިނގި އިރު އެ ފަރާތްތައް ކޮބައިތޯ އަކްރަމް ސުވާލު އުފެއްދެވިއެވެ.

އަކްރަމް ވިދާޅުވީ، ކުރިއަށް ހުރި އިންތިހާބު ތަކުގައިވެސް ކަންކަން އިންތިޒާމު ކުރާނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށާއި ކޮމިޝަނުގެ މެންބަރުންނަށް ބިރުދައްކައިގެން އެއްވެސް ކަމެއް ހާސިލް ނުވާނެ ކަމަށެވެ.

މަޖިލީހުގެ އިންތިހާބުގެ ތައްޔާރީތަކާ ގުޅޭ ގޮތުން އަކްރަމް ވިދާޅުވީ، ދާއިރާތަކަށް ބަދަލު ގެނައުމާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި ދާއިރާތައް ކަނޑައެޅުމާއި ގުޅޭ ގޮތުން އެދާއިރާތަކުގެ ރައްޔިތުންނާއި މަޝްވަރާކޮށްފައިވާކަމަށާއި، ގޮނޑި އިތުރުކުރުމާއި ގުޅޭ ގޮތުން ނުވަތަ އިތުރު ނުކުރުމާއި ގުޅޭ ގޮތުން ގޮތްތައް ނިންމީ މަޝްވަރާއަށްފަހު ކަމަށް އަކްރަމް ވިދާޅުވިއެވެ.

"ހުޅުމާލެ އެވަނީ ވަކި ދާއިރާއަށް ބަދަލުކޮށްފައި. ކުރިން ހުޅުހެންވޭރު، ހެންވޭރުގެ ތެރެއަށް ވަދެގެން މިދަނީ. އެހެން ކަމުން މިވަނީ ހެންވޭރު ހުޅަނގު ދާއިރާ ކަނޑައަޅާފައި. މައްޗަންގޮޅިއަށްވެސް ރައްޔިތުން އިތުރުވުމާ ގުޅިގެންވެސް ވަނީ މައްޗަންގޮޅި މެދު ދާއިރާ އުފައްދާފައި،" އަކްރަމް ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
7 ނޮވެންބަރ 2018 | ބުދަ 03:35
އައިސަ
އެހެންވެ އަދިވެސް އޮފިޝަޅުން ނަށް ފައސާ ނުދީ....