ކ. މާލެ
|
8 ނޮވެންބަރ 2018 | ބުރާސްފަތި 08:15
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް
މުހައްމަދު ޝަރުހާން
އިންތިޚާބީ ރައީސް އިބޫ
އިންތިޚާބީ ރައީސް ސޯލިހް ސައުދީއަށް ވަޑައިގަންނަވަނީ!
އިބޫ މި ދަތުރުފުޅުގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހު

އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ސައުދީ އަރަބިއްޔާއަށް ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދަތުރުފުޅުގައި ފުރާވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ބުދަ ދުވަހުއެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ މި ދަތުރުފުޅާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ރަސްމީ އެއްވެސް ފަރާތަކުން ހާމަކުރައްވާފަ އެއް ނުވެއެވެ.

ރާއްޖެއެމްވީ އަށް އެނގިފައިވާ ގޮތުގައި މި ދަތުރުފުޅަކީ ސައުދީ ސަރުކާރުގެ ޚާއްސަ ދައުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅަކީ ރައީސް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު އިންތިޚާބުވެ ވަޑައިގަތް ފަހުން ރަސްމީ ދައުވަތަކަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގަންނަވާ ފުރަަތަމަ ދަތުރުފުޅެވެ.

މީގެ ތިން ހަފްތާ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު އައްސައުދުގެ ދައުވަތަކަށް އެ ގައުމަށް ވަޑައިގަންނަވާފައެވެ. ނަމަވެސް ނަޝީދުގެ މި ދަތުރުފުޅުގެ މާބޮޑު ތަފްސީލުތަކެއް މިހާތަނަށް ވެސް އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

އިންތިޚާބީ ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ސައުދީ އަށް ވަޑައިގަންނަވަން ހަމަޖެހިފައި ވާއިރު، ރިޔާސީ އިންތިހާބު އެ މަނިކުފާނު ކާމިޔާބު ކުރެއްވުމުން އެންމެ ފުރަތަމަ އިންތިޚާބީ ރައީސް އަށް މަރުހަބާކީ ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާ ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދުﷲ ޖަމީލް
- ކޮމެންޓް
6 ނޮވެންބަރ 2018 | އަންގާރަ 06:55
އައްޑޫ ބެއްޔާ
ޔާމީން އެސްކޭޕް ރޫޓް އިންދަ މޭކިން. ގުޑް ލަކް އިބޫ އެންޑް ގުޑް ލަކް ޔާމީން!! އައްޑޫ ބެއްޔާ