ކ. މާލެ
|
6 ނޮވެންބަރ 2018 | އަންގާރަ 05:13
ހިޔާގެ ދަށުން ފުވައްމުލައް ސިޓީގައި ޢިމާރާތްކޮށްފައިވަނީ 150 ފްލެޓް
ހިޔާގެ ދަށުން ފުވައްމުލައް ސިޓީގައި ޢިމާރާތްކޮށްފައިވަނީ 150 ފްލެޓް
މުހައްމަދު ޝަރުހާން
ފުވައްމުލައް ސިޓީ
ހިޔާ މަޝްރޫއުގެ ދަށުން ފުވައްމުލަކު ސިޓީން ފުލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އިޢުލާންކޮށްފި
ހިޔާގެ ދަށުން ފުވައްމުލައް ސިޓީގައި ޢިމާރާތްކޮށްފައިވަނީ 150 ފްލެޓް

ސަރުކަރުން ހިންގާ "ހިޔާ" މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓިގައި ތަަރައްޤީކޮށްފައިވާ ފްލެޓުތައް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ހައުސިން މިނިސްޓްރީން އިޢުލާންކޮށްފި އެވެ.

ފުވައްމުލަކު ސިޓީގައި ޢިމާރާތްކޮށްފައިވާ 150 ފްލެޓްގެ ތެރެއިން، ކެޓަގަރީ އޭގެ ދަށުން ޚާއްޞަކޮށްފައިވާ 120 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 185 ފަރާތާއި، ކެޓަގަރީ ބީގެ ދަށުން ފުވައްމުލަކު ސިޓީއަށް ހިޖުރަކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްޞަކޮށްފައިވާ 20 ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ 20 ފަރާތުގެ ތެރެއިން، ޝަރުޠު ހަމަވުމުން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓު އިޢުލާންކޮށް މިހާރުވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ.

ފުލެޓް ލިބުނު ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތާމެދު، މަޢުލޫމާތު ސާފުކުރަން ބޭނުން ފަރާތްތަކާއި، ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން، ސިޓީއަކުން ނުވަތަ ލިޔުމަކުން "ފުވައްމުލައް ސިޓީގެ އޭ ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ނުވަތަ " ފުވައްމުލައް ސިޓީގެ ބީ ކެޓަގަރީގެ ފޯމުތަކާއިގުޅޭ" ޖެއްސެވުމަށްފަހު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ނުވަތަ ފުވައްމުލަކު ލޭންޑް އެންޑް ބިލްޑިންގ މުނިސިޕަލް ޑިޕާޓްމަންޓްގެ އޮފީހަށް، މިމަހުގެ 8 ވަނަ ދުވަހުގެ ކުރިން އެންގުމަށް ހައުސިންގ މިނިސްޓްރީން ވަނީ އަންގާފައެވެ.

ހައުސިންގ ޔުނިޓްތައް ލިބޭ ފަރާތްތަކުގެ ލިސްޓް އިޢުލާންކުރާނީ ހުށަހަޅާ ޝަކުވާތަކާއި، ސާފުކުރާ އިތުރު މަޢުލޫމާތާއި ގުޅިގެން، ލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައި ކަމަށް ހައުސިންގް މިނިސްޓްރީން ބުނެއެވެ.

ހިޔާ މަޝްރޫޢުގެ ދަށުން ފުވައްމުލަކު ސިޓީގައި ތަރައްޤީކޮށްފައިވާ ފުލެޓުތައް ލިބޭނެ ފަރާތްތަކުގެ ލިސްޓެއް އިޢުލާން މިކުރީ އެ ފުލެޓުތަކުގެ މަސައްކަތް ނިމުނުތާ ވަރަށް ގިނަ ދުވަސްވެފައި ވަނިކޮށްނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
6 ނޮވެންބަރ 2018 | އަންގާރަ 12:34
00000
Meena noolhey dhaakah