ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 19:27
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން
ދިރާގު
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް
ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2018 ބާއްވައިފި
މިއީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ފެސްޓިވަލް
މިއީ މި ފެސްޓިވަލް ބޭއްވުނު 8 ވަނަ ފަހަރު

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް 2018 ބާއްވައިފިއެވެ.

ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ބާއްވާ ހަމައެކަނި ކުޅިވަރުގެ ފެސްޓިވަލް ކަމަށްވާ "ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް" ބާއްވާފައި ވަނީ ހޯމަ ދުވަހުގެ ހަވީރު ހެންވޭރު ދަނޑުގައެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލަކީ ނުކުޅެދުންތެރިކަން ހުންނަ އެންމެ ގިނަ ކުދިން ބައިވެރިވާ އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހާއްސަކޮށްގެން ރާއްޖޭގައި ބާއްވާ ހަމައެކަނި ކުޅިވަރު ފެސްޓިވަލްއެވެ.

 ދިރާގުން 2011 ވަނަ އަހަރުން ފެށިގެން މިކުޅިވަރު ފެސްޓިވަލް ބާއްވަމުން އަންނަ އިރު، މިއީ މި ފެސްޓިވަލް ބޭއްވި އަށް ވަނަ ފަހަރެއެވެ.

މި އަހަރުގެ ދިރާގު ސްޕޯޓްސް ފެސްޓިވަލްގައި 390 ކުދިން ވަނީ ބައިވެރިވެފައެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ޚާއްސަކޮށްގެން ދިރާގުން މި ބޭއްވި ސްޕޯޓްސް ފެސްޓިވަލަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ތެރެއިން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން ހިންގާ މުހިންމު ހަރަކާތެއްކަން ފާހަގަކޮށްލެވެއެވެ.

ދިރާގުން ބުނީ މި ފެސްޓިވަލްގެ އެންމެ ބޮޑު ބޭނުމަކީ މުޖުތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު އެކަހެރި ނުކުރުމާއި ހުރިހާ ކުދިންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުމެއެވެ.

ދިރާގުން ބުނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމިއްލަ ނަފްސަށް އިތުބާރުކުރުމާއި ކުޅިވަރުގެ ރޫހު އެކުދިންގެ ކިބައިގައި އަށަގެންނެވުމަކީ ވެސް މި ފެސްޓިވަލް ގެ އެންމެ ބޮޑު މަގްސަދު ކަމަށެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން

ސްކޫލްތަކާއި އެންޖިއޯތަކަށް ހުޅުވާލައިގެން ބޭއްވި މި ފެސްޓިވަލްގައި 4 އެންޖިއޯ އަދި 11 ސްކޫލެއް ވަނީ  ބައިވެރިވެފައެވެ.

މި ހަރަކާތުގައި ބައިވެރިވެފައިވާ އެންޖިއޯތަކަކީ މޯލްޑިވްސްއެސޯސިއޭޝަން ފޯ ފިޒިކަލް ޑިސްއޭބަލްސް،ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަން،ކެއާ ސޮސައިޓީއާއި،މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއެވެ. ސްކޫލްތަކުގެ ތެރެއިން މި ފެސްޓިވަލްގައި ބައިވެރިވެފައިވަނީ އަމީރު އަހްމަދު ސްކޫލް،އިމާދުއްދީން ސްކޫލް، ރެހެންދި ސްކޫލް، މުހިޔުއްދީން ސްކޫލް، ގާޒީ ސްކޫލް، ހިރިޔާ ސްކޫލް، ބިލަބޮންގް ހައި އިންޓަރނޭޝަނަލް،ކެންގަރޫ ކިޑްސް، ތާޖުއްދީން ސްކޫލް، އިސްކަންދަރު ސްކޫލްގެ އިތުރުން އަމީނިއްޔާ ސްކޫލެވެ.

މި އަހަރުގެ ސްޕޯޓްސް ފެސްޓިވަލްގައި ވާދަވެރި ދުވުމުގެ މުބާރާތެއް ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކޮށްގެން ބާއްވާފައިވާއިރު، މި  މުބާރާތުގައި 4 ކެޓަގަރީއަކުން ދަރިވަރުންވަނީ ވާދަކޮށްފައެވެ. އެގޮތުން 8 އަހަރާއި 12 އަހަރުގެ 60 މީޓަރުގެ ކެޓަގަރީ،12އަހަރާއި 16 އަހަރުގެ 100 މީޓަރުގެ ކެޓަގަރީ އަދި 16 އަހަރުން މަތީގެ 100 މީޓަރުގެ ކެޓަގަރީ އަދި 100 މީޓަރުގެ ވީލްޗެއަރ ކެޓަގަރީގައި ކުދިން ވަނީ ވާދަކޮށްފައެވެ.

ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން

މީގެ އިތުރުން މި ފަހަރުގެ ސްޕޯޓްސް ފެސްޓިވަލްގައި ޕެރަލިމްޕިކްސްގައި ކުޅޭ ކުޅިވަރެއް ކަމަށްވާ "ބޮޗިއާ" ވަނީ ތައާރަފްކޮށްފައެވެ. މިއީ ސީޕީ ކުދިންނަށް ހާއްސަ ކުޅިވަރެކެއެވެ. މި ފެސްޓިވަލްގައި ބޯލްރޯލިން، އޮބްސްޓަކަލް ރިލޭ،ޓަނަލް ރޭސް އަދި ބެޓަން ރިލޭ ފަދަ ފޯރިގަދަ ކުޅިވަރުތަށް ވަނީ ފެނިގެން ގޮސްފައެވެ.

މި ކުޅިވަރު ހަރަކާތުގެ ބޭނުމަކީ މުޖްތަމައުގައި ދިރިއުޅޭ އެއްވެސް ކުއްޖަކު ބާކީ ނުކުރުމާއި ހުރިހާ ކުދިންނަށް ވެސް ހަމަހަމަ ފުރުސަތުތަކެއް ހޯދައިދިނުން ކަމަށް ދިރާގުން ބުނެއެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް