ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 19:23
އިލެކްޝަން ކޮމިޝަން: އިތުރު ކުރާނީ ދެ ދާއިރާ
އިލެކްޝަން ކޮމިޝަން: އިތުރު ކުރާނީ ދެ ދާއިރާ
މުހައްމަދު ޝަރުހާން
އިލެކްޝަން ކޮމިޝަން
ދެ ގޮނޑި އިތުރު ކުރާނީ ހެންވޭރާ މައްޗަންގޮޅިއަށް އެކަނި: އިލެކްޝަން
ކޮމިޝަނުން އެ ގޮތަށް ނިންމާފައި ވަނީ ހޯމަ ދުވަހު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައި
އިތުރު ކުރަން ނިންމީ މާލޭ ސިޓީގެ ހެންވޭރާއި މައްޗަންގޮޅީގެ އާބާދީއަށް ބަދަލު އައިސްފައިވާތީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިހާރު ހުރި ގޮނޑިތަކުން ދެ ގޮނޑި އިތުރު ކުރާނީ މާލޭސިޓީގެ ހެންވޭރާއި މައްޗަންގޮޅިއަށް އެކަނި ކަމަށް އިލެކްޝަނުން ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނީ ހޯމަ ދުވަހު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ.

އެ ކޮމިޝަނުން ބުނީ މާލޭގެ ހެންވޭރު އަދި މައްޗަންގޯޅިއަށް އިތުރު ދެ ދާއިރާ އިތުރުކުރުން ފިޔަވައި ރާއްޖޭގެ އެއްވެސް އިންތިޚާބީ ދާއިރާއަކަށް އަދި އިންތަކަކަށް ވެސް ބަދަލެއް ނުގެނައުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެކޮމިޝަނުން އެގޮތަށް ނިންމާފައި މިވަނީ އައްޑޫ ސިޓީގެ ދައީރާތަކަށް ބަދަލު އައިސް ގޮނޑިތަކެއް އިތުރުވާ ވާހަކަ ދެކެވެމުން ދަނިކޮށެވެ.

އިލެކްޝަންސް ކޮމިޝަންގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ މާލެ ސިޓީއަށް ދެ ގޮނޑި އިތުރު ކުރަން ނިންމީ މާލޭ ސިޓީގެ ހެންވޭރާއި މައްޗަންގޮޅީގެ އާބާދީއަށް ބަދަލު އައިސްފައިވާތީ ކަމަށެވެ.

އަކްރަމް ވިދާޅުވީ މައްޗަންގޮޅި މެދު ދާއިރާގެ ނަމުގައި އާ ދާއިރާއެއް އުފައްދާ އިރު، ހެންވޭރު ހުޅަނގުގެ ނަމުގައި އާ ދާއިރާއެއް އުފައްދަން ނިންމާފައިވާ ކަމަށެވެ. ހެންވޭރުގައި އުފައްދާ އާދާއިރާއާ އެކު ހުޅުމާލެ އެއީ ވަކި ދާއިރާއެއް ކަމަށް ކަނޑައަޅާފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
5 ނޮވެންބަރ 2018 | ހޯމަ 18:00
ޔާމީން
މި ދެ ދާއިރާަ ގަ ދަންވަރު ޓްރެފިކް ހައި ކަމަށް ސްޓެޓިސްޓިކްސް ދައްކަނީ