ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 16:41
12 މެމްބަރުން
12 މެމްބަރުން
މުހައްމަދު ޝަރުހާން
12 މެމްބަރުން
12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބޭނެ: މައުމޫން 
އެމަނިކުފާނަށް އެތައް ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒު ވެފައި

ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ތެރޭގައި ކަނޑައަޅާފައިވާ 12 މެމްބަރުންނަށް އެއްވެސް ޕްރައިމަރީއަކާ ނުލައި މަޖިލީހަށް ވާދަކުރެއްވުމުގެ ޓިކެޓް ލިބޭނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެއްވެސް ޕްރައިމަރީއަކާ ނުލައި 12 މެމްބަރުންނަށް ޓިކެޓް ލިބޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި ކަމަށް ބައެއް މެމްބަރުން ވިދާޅުވުމާ ގުޅިގެން އެކަމާ މެދު ޚިޔާލު ތަފާތު ވެފައިވަނިކޮށް ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 12 މެމްބަރުންނަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭން ކޯލިޝަނުން ނިންމާފައިވާ ކަމަށެވެ. 

މައުމޫންގެ ޓްވީޓާ ގުޅިގެން އެމަނިކުފާނަށް އެތައް ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒު ވެފައެވެ. އެގޮތުން ޑިމޮކްރެޓިކް ރީތި އުސޫލަކީ ވޯޓުން ގޮތް ނިންމުން ކަމަށާއި ޕްރައިމަރީއަށް ޖާގަ ދެއްވުމަށް ރައީސް މައުމޫނަށް ވަނީ ގޮވާލާފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް