ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 15:26
ހަސަން ސައީދު
ހަސަން ސައީދު
ގޫގުލް
ހަސަން ސައީދު
ޖުޑީޝިއަރީގެ ކުރީގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު މިނިވަންވެއްޖެ
ހަސަން ސައީދުގެ މައްޗަށް އުފުލި ރިޝްވަތު ދިނުމުގެ ދައުވާ

ޖުޑީޝިއަރީގެ ކުރީގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު މިނިވަންވެއްޖެއެވެ. 

ހަސަން ސައީދުގެ މައްޗަށް އުފުލި ރިޝްވަތު ދިނުމުގެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރުމުން އެ މައްސަލަ އިސްތިއުނާފު ނުކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ނިންމާފައެވެ. 

ކްރިމިނަލް ކޯޓުގައި ހޯމަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހަސަން ސައީދު މިނިވަން ކުރަން ނިންމީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިންމުމަށް ފަހުގައި ވެސް ޖަލު ބަންދުގައި ބަހައްޓާފައި ހުރުމުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެމުންނެވެ.

ހަސަން ސައީދުގެ މައްޗަށް ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ކުށް ސާބިތުވެ ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާފައި ވަނީ ފެބްރުއަރީ 1 ވަނަ ދުވަހު ސްޕްރީމް ކޯޓުން ކުރި އަމުރާ ގުޅިގެން ހަސަން ސައީދު ހޯދުމަށް ފުލުހުން މަސައްކަތް ކުރަން ފެށުމުން ފުލުހުންނަށް ފިއްލަވައިގެން އުޅުއްވި މައްސަލައިގައެވެ.

ހަސަން ސައީދުގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފައި ވަނީ ހަތަރު މަހާއި 24 ދުވަހު ޖަލަށްލުމަށްފަހު އެ ހުކުމް ތަންފީޒުކޮށް ނިންމުމުން ވެސް މިނިވަންނުކޮށް އޮތުމުން އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މިއަދު އެމައްސަލަ ނިންމާފައި ވަނީ ހަސަން ސައީދު އޮކްޓޯބަރ 28ގެ ފަހުން އޭނާ ބަންދުގައި ބަހައްޓާފައި ވަނީ ޤަވާއިދާއި ހިލާފަށް ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އޭނާ މިނިވަން ކުރުމަށް ނިންމާފައިވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ހަސަން ސައީދު ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސްޕްރީމް ކޯޓުގައި ހުންނަވަނިކޮށެވެ. ސައީދުގެ މައްޗަށް މި މައްސަލާގައި ހުކުމް ކުރި އިރު އޭނާގެ މައްޗަށް އިތުރު ދައުވާތަކެއް ވެސް ވަނީ އުފުލާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް