ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 17:32
ބައިކް މޯލްޑިވްސްގެ ހަރަކާތެއްގެ ތެރެއިން
ބައިކް މޯލްޑިވްސްގެ ހަރަކާތެއްގެ ތެރެއިން
ދިރާގު
ބައިކް މޯލްޑިވްސް
ސިނަމާލެ ބްރިޖަކުން ބައިސިކަލެއް ނުދުއްވޭ، ފެރީން ނުދެވޭ، ދެން ހުޅުމާލެއަށް ބައިސިކަލްގައި ދާނެ ގޮތެއް ބުނެދީބަލަ!
ސިނަމާލެ ބްރިޖަކުން ބައިސިކަލް ނުދުއްވޭ
މިހާރު ހިދްމަތް ދެނީ އޭސީ ފެރީން އެކަނި، އެ ފެރީގައި ބައިސިކަލެއް ނުގެންދެވޭ
މިހާރަކަށް އައިސް ބައިސިކަލް ދުއްވުމަށް ލޯބިކުރާ، އަދި ބައިސިކަލް ދުއްވާ ފަރާތްތައް ދަނީ ގިނަވަމުން

އެމްޓީސީސީ އިން މާލެ އާއި ހުޅުމާލެ އާ ދެމެދު ދެމުން ގެންދާ އާންމު ފެރީގެ ހިދުމަތް ހުއްޓާލަން ނިންމާފައިވާތީ ބައިސިކަލް ދުއްވާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތި ވެއްޖެ އެވެ. 

އެމްޓީސީސީ އިން އާދިއްތަ ދުވަހު ނެރުނު ބަޔާނެއްގައިވާ ގޮތުން، މާލެ އާއި ހުޅުމާލެއާއި ދެމެދު ދެމުން ގެންދާ އާންމު ފެރީގެ ހިދުމަތާއި މާލެ އާއި ހުޅުމާލެ އާއި ދެމެދު ދެމުން ގެންދާ އެކްސްޕްރެސް ލޯންޗްގެ ހިދުމަތާއި މާލެ އާއި ހުޅުލެ އާއި ދެމެދު ދެމުން ގެންދާ އެކްސްޕްރެސް ލޯންޗްގެ ހިދުމަތް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

އެ އިއުލާންގައިވާ ގޮތުން، މިމަހުގެ ފަސް ވަނަ ދުވަހުގެ 00:00 އިން ފެށިގެން އެ ހިދުމަތްތައް ހުއްޓާލާނެ ކަމަށް ބުނެފައި ވެއެވެ.

އެމްޓީސީސީން ބުނީ އާންމު ފެރީއާއި އެކްޕްރެސް ލޯންޗުގެ ހިދުމަތް ހުއްޓާލި ނަމަވެސް މާލެއާއި ހުޅުމާލެއާއި ދެމެދު ދެމުން ގެންދާ ޕްރިމިއަމް ފެރީ (އެއާރކޮނޑިޝަން ފެރީ)ގެ ހިދުމަތްތައް މިހާރެކޭ ވެސް އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށެވެ.

މާލެ- ހުޅުލެ އަދި މާލެ-ހުޅުމާލެ އާންމު ފެރީގެ ހިދްމަތް ހުއްޓާލަން ނިންމުމާއި ގުޅިގެން ބައިސިކަލް ދުއްވާ ފަރާތްތަކަށް މާލެ-ހުޅުމާލެ ދެމެދުގައި ދަތުރު ކުރެވޭނެ ގޮތެއް ނެތެވެ. އޭސީ ފެރީގައި ބައިސިކަލް ނުއުފުލޭއިރު، ސިނަމާލެ ބްރިޖުން ބައިސިކަލް ދުއްވުން މަނަލެވެ. 

ބައިސިކަލް ދުއްވާ ފަރާތްތަކުން މީގެކުރިން ބައިސިކަލް އުފުލުމަށް ބޭނުން ކުރަމުން ދިޔައީ އާންމު ފެރީތަކެވެ. ނަމަވެސް މިއަދުން ފެށިގެން އާންމު ފެރީގެ ހިދުމަތް ހުއްޓާލަން ނިންމާފައިވާތީ ބައިސިކަލް ދުއްވާ ފަރާތްތަކުން ހާއްސަކޮށް، ބައިކް މޯލްޑިވްސްގެ ބައެއް މެމްބަރުންނާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ކަންބޮޑުވުންތައް މިވަނީ ފެންމަތިވެފަ އެވެ. 

މާލެ–ހުޅުމާލެ އާންމު ފެރީގެ ޚިދުމަތް ހުއްޓާލަން އެމްޓީސީސީ އިން ނިންމިއިރު ސިނަމާލެ ބްރިޖު ހުޅުވި ފަހުން ފެރީ ބޭނުންކޮށްގެން ހުޅުމާލެ އާއި މާލޭގެ ދެމެދުގެ ދަތުރުތައް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވިނަމަވެސް ބައިސިކަލް ދުއްވާ ފަރާތްތައް މިހާރަކަށް އައިސް ގިނަ ވަމުންދާކަން ފާހަގަ ކުރެވެއެވެ. 

ހާއްސަކޮށް، ބައިކް މޯލްޑިވްސްގެ މެމްބަރުންނާއި އެ ފަރާތްތަކުގެ އާއިލާތަކާއި ސަޕޯޓަރުން ކޮންމެ ހަފްތާ ބަންދެން ކަހަލަ ގޮތަކަށް މާލެ އާއި ހުޅުމާލޭގައި ގިނަ ހަރަކާތްތަކެއް ހިންގަމުންދެ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
6 ނޮވެންބަރ 2018 | އަންގާރަ 11:05
ހެހެ
ޕިކަޕަކަށް ލައިގެން ހުޅުމާލެ އަށް ގެންދެވޭނެ
5 ނޮވެންބަރ 2018 | ހޯމަ 13:48
ބާބު
ބައިސްކަލް ދުއްވާ 5މީހަކު ބޭނުންވީމަ ހުއްދަ ކުރަންވީ ބަންގާޅިން ގެ ކަންތައް ބޮޑުވާނީ