ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 10:29
ޝެއިޚް އިމްރާން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިއްޔެ ބައްދަލު ކުރައްވަނީ
ޝެއިޚް އިމްރާން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިއްޔެ ބައްދަލު ކުރައްވަނީ
ޓްވިޓަރ
ޝެއިޚް އިމްރާން
ނަޝީދު ރައްޔިތުންނަށްޓަކައި ވެވަޑައިގެންފައިވަނީ އާދަޔާ ޚިލާފު ގުރުބާނީއެއް: ޝެއިޚް އިމްރާން
ރައީސް ނަޝީދާއި ބައްދަލުވެ ޚިޔާލު ބަދަލު ކޮށްލެވުނުކަމީ ލިބިލެއްވި އުފަލެއް
މި ރާއްޖެ ހަމަމަގަށް އަޅުވާ އަމާން އައްސޭރިއަކަށް ގެންދިއުމަށް ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ގިނަ

ރައީސް ނަޝީދު ރައްޔިތުންނަށްޓަކައި ވެވަޑައިގެންފައިވަނީ އާދަޔާ ޚިލާފު ގުރުބާނީއެއް ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން ވިދާޅުވެއްޖެއެވެ.

ފާއިތުވި އަހަރުތަކުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ ކުރެއްވި މަސައްކަތްޕުޅުން ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ކުރެއްވި ޓްވީޓަށް ޖަވާބު ދެއްވަމުން ޝެއިޚް އިމްރާން ވިދާޅުވީ ރައީސް ނަޝީދާއި ބައްދަލުވެ ޚިޔާލު ބަދަލު ކޮށްލެވުނުކަމީ ލިބިލެއްވި ނުހަނު ބޮޑު އުފަލެއް ކަމަށާއި މި ރާއްޖެ ހަމަމަގަށް އަޅުވާ އަމާން އައްސޭރިއަކަށް ގެންދިއުމަށް ގުޅިގެން ކުރެވެން ހުރިކަންކަން ނުހަނު ގިނަ ގުނަ ކަމަށެވެ. 

ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފާއިތުވި އަހަރުތަކުގައި އަނިޔާވެރިކަމާއި ދެކޮޅަށް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ޖެހިވަޑައިނުގެން އިމްރާން ކުރެއްވި މަސައްކަތްޕުޅުން ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ނަޝީދު ވަނީ ޝެއިހް އިމްރާންގެ އަނބިކަނބަލުން ރީމްގެ މަސައްކަތަށް ސާބަސް ދަންނަވާ ހިތްވަރު ދެއްވާފައެވެ. 

ޝެއިޚް އިމްރާނަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް މަޑު ޖައްސާލުމަށް ސުޕްރީމް ކޯޓުން ނިންމާފައިވަނީ މިމަހުގެ 1 ގައެވެ. ޝެއިޚް އިމްރާން ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް އެމަނިކުފާނުގެ ފުރިހަމަ އެއްބާރުލެއްވުން ލިބިލައްވާނެ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
6 ނޮވެންބަރ 2018 | އަންގާރަ 03:17
ހައްޖަ
Emanikufaanu hama egothah qurubaan vanikoh dhehtho manikufaanu badhu dhuaa koh emanikufaanuge verikan vattaalee theekee noon vaagothakee manikufaanah kamudhaagothah evves beyfulhakah verikan nukurevenee