ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 09:31
ރިންގް ރޯޑުގެ ތާރުގަނޑު
ރިންގް ރޯޑުގެ ތާރުގަނޑު
ޓްވިޓަރ
ރިންގް ރޯޑު
ރިންގް ރޯޑުން ފެންނަ ފިލާ އެއީ ޖަންކްޝަނެއް: ޑރ. މުއިއްޒު
ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑު ކިޔުންތައް މުއިއްޒަށް އަމާޒުވި

ރިންގް ރޯޑުގައި އަޅާފައިވާ ތާރުގަނޑު ހަލާކުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގަައި ދައުރުވަމުންދާ ފޮޓޯއަކީ ޖަންކްޝަނެއްގެ މަތީގައި އަޅާފައި އޮތް ފިލާ ގަނޑެއްގެ ފޮޓޯއެއް ކަމަށް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. 

މުއިއްޒު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ފޮޓޯއިން ފެންނަނީ ޖަންކްޝަނެއް ކަމަށާއި ޖަންކްޝަންގެ ލެވެލް އުސްކޮށް މަތިގަނޑު އަޅަން ހަވާލު ކޮށްފައިވާ ކުންފުންޏަށް އެމަސައްކަތް ކުރަން ވަގުތު ބޭނުންވާތީ މަގު ހެދިއިރު ވާނީ ފިލާގަނޑެއް ބާއްވާފައި ކަމަށެވެ. އަދި އެގޮތަށް ހުރި ފިލާތަށް ނަގާ އެ ކުންފުނިން ޖަންކްޝަން ނަގާ ލެވެލް ކޮށް މަތި އަޅަމުންދާ ކަމަށެވެ. 

ރިންގް ރޯޑުގައި އަޅާފައިވާ ތާރުގަނޑު ހަލާކުވެފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑު ކިޔުންތައް މުއިއްޒަށް އަމާޒުވިއެވެ. 

ބްރިޖަށް ދަތުރުކުރާ މަގުތައް(ރިންގް ރޯޑު) ފުޅާކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ފަށާފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައެވެ. މާލޭގެ ރިންގ ރޯޑު ހެދުމުގެ މަޝްރޫއުގެ މަސައްކަތުގައި އީއައިއޭ ރިޕޯޓާއި ހިލާފުވެފައި ވާތީ އީޕީއޭ އިން  ހައުސިންގ މިނިސްޓްރީ ޖޫރިމަނާ ވެސް ކުރިއެވެ. މާލޭގެ ރިންގު ރޯޑު ހެދުމުގެ މަޝްރޫޢު ކުރިއަށް ގެންގޮސްފައި ވަނީ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާން ކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ ދަށުން ހަދަންޖެހޭ ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމެއް ނެތި ކަމަށް ބުނެއެވެ. 
 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް