ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 09:09
އައިޖީއެމް ހޮސްޕިޓަލް
އައިޖީއެމް ހޮސްޕިޓަލް
އަޒުމޫން އަހުމަދު
އައިޖީއެމްއެޗް
އައިޖީއެމްއެޗަށް 20 ޑޮކްޓަރުން ހޯދުމަށް އިއުލާން ކޮށްފި
މިމަހުގެ 14 ވަނަ ދުވަހުގެ 13:30 ގެ ކުރިން ވަޒީފާއަށް އެދި ހުށައަޅަން ޖެހޭ

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗަށް 20 ޑޮކްޓަރުން ހޯދުމަށް އިއުލާން ކޮށްފިއެވެ. އައިޖީއެމްއެޗުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޑޮކްޓަރު ކަމުގެ މަގާމަށް  ޝައުގުވެރިކަން ހުރި އަދި ގާބިލު ފަރާތްތަކަށް އެމަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ. 

އައިޖީއެމްއެޗް އިން ބުނީ އެމަގާމަށް ކުރިމަތިލާ ފަރާތްތަކަކީ މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލްކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލް ކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް ކައުންސިލް ގަބޫލް ކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި އެއް އަހަރު ދުވަހުގެ އިންޓާން ޝިޕް ފުރިހަމަ ކޮށްފައިވާ ފަރާތްކަށް ވާންޖެހޭ ކަމަށެވެ. އަދި މޯލްޑިވްސް މެޑިކަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތަކަށް ވެސް އެމަގާމަށް ކުރިމަތިލާ ފަރާތްތައް ވާންޖެހޭ ކަމަށް އެހޮސްޕިޓަލުން ބުނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 40 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.
އެއިއުލާނުގައިވާ ގޮތުން ޑޮކްޓަރެއްގެ މުސާރައިގެ ގޮތުގައި މަހަކު 15090 ރުފިޔާ އަދި ސާވިސް އެލަވަންސްގެ ގޮތުގައި 6150 ރުފިޔާ ލިބޭނެއެވެ. އަދި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ދަންފަޅި އުސޫލުން މަސައްކަތް ކުރާނަމަ ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ފައިސާ ލިބޭނެ ކަމަށް އައިޖީއެމްއެޗްގެ އިއުލާނުގައި ވަނީ ބުނެފައެވެ. 
އެމަގާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންޖެހެނީ މިމަހުގެ 14 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން އައިޖީއެމްއެޗްގެ 11 ވަނަ ފަންގިފިލާގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް