ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 08:50
ގދ. ތިނަދޫގައި މީގެ ކުރިން އިމާރާތް ކޮށްފައިވާ ފްލެޓްތައް
ގދ. ތިނަދޫގައި މީގެ ކުރިން އިމާރާތް ކޮށްފައިވާ ފްލެޓްތައް
ވީނިއުސް
ފްލެޓް
އަތޮޅު ތެރޭގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމު ކޮށްފި
ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމު ކުރީ ރޭ
ލިސްޓްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީ އިން ވަނީ ހުޅުވާލާފައި

އަތޮޅު ތެރޭގައި އިމާރާތް ކުރި ފްލެޓްތައް ލިބުނު މީހުންގެ ވަގުތީ ލިސްޓު  އާންމު ކޮށްފިއެވެ. 

ހައުސިން މިނިސްޓްރީ އިން  އާދީއްތަ ދުވަހުގެ ރޭ ވަނީ އެކި ރަށްރަށުގައި އަޅާފައިވާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ތަކުގެ ތެރެއިން އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގދ. ތިނަދޫ، ގދ. ގައްދޫ، ގއ. ވިލިނގިލީގެ އިތުރުން ހއ. ދިއްދޫގެ ލިސްޓް  ގެޒެޓް ކޮށްފައެވެ. 

އޭގެ ތެރޭގައި ހިމެނެނީ  ހއ.ދިއްދޫ ރައްޔިތުންނަށް ޙާއްސަކޮށް ދޫކުރުމަށް ހަމަޖެހިފައިވާ 100 ހައުސިންގ ޔުނިޓަށް އެދިލެއްވި ފަރާތްތަކާއި ގދ.ގައްދޫގައި ޢިމާރާތް ކޮށްފައިވާ 50 ހައުސިންގ ޔުނިޓުގެ ތެރެއިން 10 ހައުސިންގ ޔުނިޓަށް އެދިލެއްވި ފަރާތްތަކާއި ގދ.ތިނަދޫގައި ޢިމާރާތް ކޮށްފައިވާ ގެތަކަށް އެދިލެއްވި ފަރާތްތަކާއި ފުވައްމުލަކުގައި ޢިމާރާތް ކޮށްފައިވާ ގެތަކަށް އެދިލެއްވި ފަރާތްތަކާއި ގއ.ވިލިނގިލީގައި ޢިމާރާތް ކޮށްފައިވާ 52 ހައުސިންގ ޔުނިޓުގެ ތެރެއިން 09 ހައުސިންގ ޔުނިޓަށް އެދިލެއްވި ފަރާތްތަކުގެ ވަގުތީ ލިސްޓް އާންމު ކޮށްފައެވެ.

ލިސްޓްތަކަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހައުސިން މިނިސްޓްރީ އިން ވަނީ ހުޅުވާލާފައެވެ.

އަތޮޅު ތެރޭގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމު ކޮށްފައިވާއިރު އާދީއްތަ ދުވަހުގެ ރޭ ވަނީ ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އިއުލާނު ކުރި 7000 ފްލެޓަށް ކުރިމަތި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް އާންމު ކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް