ކ. މާލެ
|
5 ނޮވެންބަރ 2018 | ހޯމަ 06:26
ޤާސިމް އިބްރާހިމް، އިންތިހާބީ ރައީސާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން
ޤާސިމް އިބްރާހިމް، އިންތިހާބީ ރައީސާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމުގެ ތެރެއިން
ރާއްޖެ އެމްވީ
އިންތިހާބީ ރައީސް ސޯލިހު
މަޖިލީހުގެ އައު ރައީސް، އިންތިހާބީ ރައީސާ ބައްދަލުކުރައްވައިފި
އެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އިންތިހާބީ ރައީސްގެ އޮފީހުގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވެވަޑައިގެންނެވި ޤާސިމް އިބްރާހިމް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައިފި އެވެ. 

ގުޅިފައިވާ އިއްތިހާދުގެ އެއް ޕާޓްނަރުކަމަށްވާ ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަޤާމުވެސް ފުރުއްވަމުންގެންދަވާ ޤާސިމް، އިންތިހާބީ ރައީސާއި ބައްދަލުކުރައްވާފައިވަނީ އާދިއްތަ ދުވަހު އެވެ. އެ ބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ އިންތިހާބީ ރައީސްގެ އޮފީހުގަ އެވެ. ނަމަވެސް ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތަފްސީލް އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެ އެވެ. 

މި ބައްދަލުވުމަކީ ޤާސިމް އިބްރާހިމް މަޖިލީހުގެ ރައީީސްކަމަށް އިންތިހާބުވިފަހުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. އަދި ރައްޔިތުންގެ މަޖިލީހުން އަންނަނީ އިންތިހާބީ ރައީސް ހުވާކުރުމަށް ބާއްވާ ޖަލްސާއަށް ތައްޔާރުވަމުންނެވެ. 

ޤާސިމް އިންތިހާބީ ރައީސާ ބައްދަލުކުރެއްވިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ އިންތިހާބީ ރައީސާ ބައްދަލުކުރައްވާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް