ކ. މާލެ
|
4 ނޮވެންބަރ 2018 | އާދީއްތަ 18:42
އުރީދޫ ކަލަރ ރަންގެ ޕާޓްނަރ އަކަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ
އުރީދޫ ކަލަރ ރަންގެ ޕާޓްނަރ އަކަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ
އުރީދޫ
އުރީދޫ ކަލަރ ރަން
އުރީދޫ ކަލަރ ރަންގެ ޗެރިޓީ ޕާޓްނަރ އަކަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ!
12 ނޮވެމްބަރގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ކުރިއަށްގެންދާނެ
800 އަށް ވުރެ ގިނަ ތެލެސީމިއާ ޕޭޝަންޓުން އެބަތިބި

23ނޮވެމްބަރ ގައި ބޭއްވުމަށް ހަމަޖެހިފައިވާ ފަން ރަން ކަމަށްވާ އުރީދޫ ކަލަރ ރަން 2018ގެ ޗެރިޓީ ޕާޓްނަރ އަކީ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ ކަމަށް އުރީދޫ އިން ހާމަކޮށްފިއެވެ.

މި ޕަރޓްނާޝިޕްގެ ދަށުން، 12 ނޮވެމްބަރ ވާ ހޯމަ ދުވަހު ތެލެސީމިއާ ސެންޓަރގައި ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ކުރިއަށްގެންދަން ހަމަޖެހިފައިވާ ކަމަށް އުރީދޫއިން ބުންޏެވެ. މި ކޭމްޕުގެ މަޤްސަދަކީ، ތެލެސީމިއާ ޕޭޝަންޓުންނަށް ބޭނުންވާ ލޭ ހޯދުމުގެ އިތުރުން، އާދަކޮށް ލޭ ހަދިޔާ ކުރައްވާ ބޭފުޅުންގެ ޑޭޓާބޭސްއަށް އިތުރު ބައިވެރިން ހޯދައި، ތެލެސީމިއާ އާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ކަމަށްވެސް އުރީދޫއިން ވަނީ ބުނެފައެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ ގިނަ ބޭފުޅުންގެ ތަރުޙީބާއި އެކު އުރީދޫގެ މި ކުލަގަދަ ދުވުމުގެ ފޯރިގަދަ ހަރަކާތްތައް ކުރިއަށް ދާއިރު، ޗެރިޓީ ޕާޓްނަރުންގެ މަސައްކަތްތައް ހިއްސާކޮށް، އެބޭފުޅުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ކަލަރ ރަންގެ ޕްލެޓްފޯމް ބޭނުންކުރެވުމަކީ ލިބޭ އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ޗެރިޓީ ޕާޓްނަރއަށް ކަލަރރަން އިން ލިބޭ މާލީ ފައިދާއިން ބައެއް ހަދިޔާ ކުރެވިގެންދާނެ. ކުޑަ ޓީމަކާއި އެކު ވަރަށް މުހިއްމު މަސައްކަތްތަކެއް ކުރަމުންދާ މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީ، މިއަހަރުގެ ކަލަރ ރަންގެ އޮފިޝަލް ޗެރިޓީ ޕާޓްނަރ އަށް ވުމަކީ އަޅުގަނޑުމެން ނުހަނު ފަޚުރުވެރިވާ ކަމެއް." ނަޖީބް ޚާން އެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮލައިޓީ އަކީ، ޕޭޝަންޓުންގެ އާއިލާތަކުން އިސްނަގައިގެން، 1994 ވަނަ އަހަރު އުފައްދާފައިވާ އެން.ޖީ.އޯ އެކެވެ. މި ޖަމިއްޔާގެ އަމާޒަކީ، ރާއްޖޭގެ ތެލެސީމިއާ ޕޭޝަންޓުންގެ ދިރިއުޅުމުގެ ފެންވަރު ރަގަޅުކޮށް، ތެލެސީމިއާ ކޮމިއުނިޓީ އަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޗެއާޕާސަން، މަރިޔަމް ސުހާ ވިދާޅުވީ އަބަދުވެސް މަސައްކަތް ކުރަނީ، ޕޭޝަންޓުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ބޭނުންވާ މައުލޫމާތު ފޯރުކޮށްދީ، ސިއްހީ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށާއި މި ޚިދުމަތުގައި ދެމިތިބެވެނީ، ވަރަށް ގިނަ ޕާރޓްނަރުންނާއި ސްޕޮންސަރުންގެ ދީލަތި އެހީ އާއި އެކުގައި ކަމަށެވެ.

ރާއްޖޭގައި 800 އަށް ވުރެ ގިނަ ތެލެސީމިއާ ޕޭޝަންޓުން ރަޖިސްޓަރ ވެފައިވާއިރު، ފާއިތުވެދިޔަ އަހަރުތަކުގައި ތެލެސީމިޔާ ކުދިން ދަނީ އިތުރުވަމުންނެވެ.

އުރީދޫ ކަލަރ ރަންގެ ޗެރިޓީ ޕަރޓްނާއަށް ވުމާއި އެކު، އެ ކުންފުނިން މަސައްކަތް ކުރަމުންދާނީ ކަލަރ ރަން ޕްލެޓްފޯމް މެދުވެރިކޮށް، މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ މި މުހިއްމު މަސައްކަތްތަކަށް އެއްބާރުލުންދިނުމަށް ކަމަށް އެކުންފުނިން ބުންޏެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް