ކ. މާލެ
|
4 ނޮވެންބަރ 2018 | އާދީއްތަ 18:37
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އިބްރާހިމް ފަލާހު
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އިބްރާހިމް ފަލާހު
މުހައްމަދު ޝަރުހާން
ރައްޔިރުންގެ މަޖިލިސް
65 އަހަރުވުމުން ރައީސް ކަމަށް ކުރިމަތި ނުލެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ފަލާހު
އެ މައްސަލަ މި ހަފްތާގައި ހުށަހަޅާނެ ކަމަށް ބުނެފައިވޭ

އުމުރުން 65 އަހަރުވުމުން ރައީސް ކަމަށް ކުރިމަތިނުލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރު އިބްރާހިމް ފަލާހު ނިންމަވައިފިއެވެ.

އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ފަލާހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އުމުރުން 65 އަހަރުވުމުން ރައީސް ކަމަށް ކުރިމަތިނުލެވޭ އިސްލާހު ބާތިލު ކުރުމަށް މި ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ފަލާހު ބައެއް މީޑީއާތަކުގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީއަށް ގެނެސްފައިވާ އެ ބަދަލު ބާތިލު ކުރަން ހުށަހަޅަނީ ވެރިކަމަށް ކުރިމަތިލެވޭ އެންމެ މަތީ އުމުރު އެހެން ގައުމުތަކުގައި ވެސް ކަނޑައަޅާފައި ނެތުމުން ކަމަށެވެ.

ފެހި ގާނޫނުއަސާސީއަށް އަމަލު ކުރަން ފެށި ފަހުން، 2015 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު މަޖިލީހުން ގެނައި އިސްލާހުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރާއި ފަސްދޮޅަސްފަސް އަހަރާ ދެމެދުގެ މީހުންނަށް ކަމަށެވެ.

ގާނޫނުއަސާސީއަށް ގެނައި ފުރަތަމަ އިސްލާހު ފާސްކުރީ 78 މެމްބަރުންގެ އަގުލަބިއްޔަތުންނެވެ. ގާނޫނުއަސާސީއަށް ގެނައި އެ ބަދަލާ ދެކޮޅަށް ވޯޓު ދެއްވީ ހަމައެކަނި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
4 ނޮވެންބަރ 2018 | އާދީއްތަ 17:28
Jack
Haaaaa
4 ނޮވެންބަރ 2018 | އާދީއްތަ 17:28
Jack
Haaaaa