ކ. މާލެ
|
4 ނޮވެންބަރ 2018 | އާދީއްތަ 18:07
ކުރީގެ ރައީސް ނަޝީދާއި، އިންތިހާބީ ރައީސް ސޯލިހް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ކުރީގެ ރައީސް ނަޝީދާއި، އިންތިހާބީ ރައީސް ސޯލިހް ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން
ޕްރެޒިޓެންޑް އިލެކްޓް
ރައީސް ނަޝީދާއި ރައީސް ސޯލިހު
ކުރީގެ ރައީސް ނަޝީދު، އިންތިހާބީ ރައީސް ސޯލިޙާ ބައްދަލު ކުރައްވައިފި
މިބައްދަލުވުމުގައި ދެކެވުނު ވާހަކައެއް މީޑިޔާއަކަށް ހިއްސާކޮށްފައެއް ނުވޭ

ކުރީގެ ރައިސް މުހައްމަދު ނަޝީދު، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

އާދިއްތަ ދުވަހު, މެންދުރު ރައީސް ނަޝީދު ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ އޮފީހަށް ވަޑައިގެން އެމަނިކުފާނާއި ބައްދަލުކުރައްވާފައެވެ. ނަމަވެސް މިބައްދަލުވުމުގައި ދެކެވުނު ވާހަކައެއް މީޑިޔާއަކަށް ހިއްސާކޮށްފައެއް ނުވެއެވެ.

ރައީސް ނަޝީދު ރާއްޖެވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވާ ވިދާޅުވެފައިވަނީ އިންތިހާބީ ރައީސް އިބްރާހިމް ސޯލިހަށް ވެރިކަން ކުރެއްވުމުގައި އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި ރައީސް ނަޝީދު ވިދާޅުވެފައިވަނީ، ރައީސް ސޯލިހަކީ މަޖިލީހުގައި 30 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅަކަށްވާއިރު، ރައީސް ނަޝީދު ވެރިކަން ކުރެއްވި އިރުވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބިވަޑައިގަތީ ރައީސް ސޯލިހުގެ ފަރާތުން ކަމަށާއި، އެމްޑީޕީ ހިންގުމުގައިވެސް އެމަނިކުފާނުގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ލިބިލެއްވި ކަމަށެވެ.

އަދި އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަބަދުވެސް ފެނިވަޑައިގަންނަވާނީ އެމަނިކުފާނު މިހާރުވެސް އަދާކުރައްވާ މަގާމު ކަމަށާއި މި ވެރިކަން ދެމެހެއްޓުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

އަމިއްލަފުޅަށް ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުންނެވި ރައީސް ނަޝީދު ރާއްޖެވަޑައިގަތުމަށް ފަހު، ރައްޔިތުންނާއި ބައްދަލުކުރައްވަމުން ގެންދަވާއިރު އަންގާރަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ.

އިނގިރޭސީވިލާތުން ހިމާޔަތް ހޯއްދަވައިގެން، ރާއްޖެއިން ބޭރަށް އަރުވާލެވިގެން ހުންނެވި ރައީސް ނަޝީދު ރާއްޖެވަޑައިގެންނެވީ ދެ އަހަރާއި ނުވަ މަހާއި 14 ދުވަސްފަހުންނެވެ. ގިނަ ދުވަސްތަކަށް ފަހު އެމަނިކުފާނު އެނބުރި ވަޑައިގެންނެވުމުން، ބުރާސްފަތި ދުވަހު މާލެއިން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް