ކ. މާލެ
|
4 ނޮވެންބަރ 2018 | އާދީއްތަ 14:12
އައިޔޫއެމުން ވަގަށް ނެގި ލެޕްޓޮޕްތައް
އައިޔޫއެމުން ވަގަށް ނެގި ލެޕްޓޮޕްތައް
ޕޮލިސް
އައިޔޫއެމް
އައިޔޫއެމުން ވަގަށް ނެގި ލެޕްޓޮޕްތައް ހޯދައި، އަށް މީހަކު ހައްޔަރު ކޮށްފި
ހައްޔަރު ކުރި މީހުންގެ ތެރޭގައި ފަސް ބިދޭސީއަކު ހިމެނޭ

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)އިން ވަގަށް ނެގި ލެޕްޓޮޕްތައް ހޯދައި، އެ ލެޕްޓޮޕްތައް ވަގަށް ނެގި މައްސަލާގައި އަށް މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ ހަފްތާގައި އައިޔޫއެމުން ލެޕްޓޮޕްތައް ވަގަށް ނެގި މައްސަލާގައި ތިން ދިވެއްސަކާއި ފަސް ބިދޭސީއަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ހިމެނޭ ތިން ދިވެހިންގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައެވެ. ފުލުހުން ބުނީ ވަގަށް ނެގި ލެޕްޓޮޕްތަކާ އެކު، އެ ޔުނިވާސިޓީން ވަގަށް ނެގި ބައެއް އިލެކްޓްރޯނިކް ސާމާނުތައް ވެސް ހޯދާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރު ކުރި ފަސް ބިދޭސީންނަކީ ރާއްޖޭގެ އިމިގްރޭޝަންގެ ގާނޫނާއި ރާއްޖޭގެ ހެދިފައިވާ ގާނޫނުތަކާ ހިލާފަށް އުޅެމުންދާ ބަޔަކަށް ވާތީ، އެ މީހުން އިމިގްރޭޝަނާ ހަވާލު ކޮށްފައިވާ ކަމަށެވެ.

ވަގަށް ނެގި ލެޕްޓޮޕްތަކުގައި އެ ޔުނިވާސިޓީގެ އިމްތިހާނު ޕޭޕަރުތަކެއް ހުއްޓެވެ. އެ މައްސަލާގައި އައިޔޫއެމުން ބުނެފައި ވަނީ އެ ލެޕްޓޮޕްތައް ވަގަށް ނެގިޔަސް އިމްތިހާނުގެ ސައްހަ ކަމަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް