ކ. މާލެ
|
4 ނޮވެންބަރ 2018 | އާދީއްތަ 13:47
ހުޅުމާލެ ފެރީ ޓާމިނަލް
ހުޅުމާލެ ފެރީ ޓާމިނަލް
މުހައްމަދު ޝަރުހާން
ފެރީގެ ހިދުމަތް
ހުޅުމާލެ ފެރީ އާއި ލޯންޗު ދަތުރުތައް މާދަމާ ހުއްޓާލަނީ
އެންމެ ފަހު ފެރީތައް ދަތުރު ކުރާނީ މާދަމާ
ބްރިޖުއާ ގުޅިގެން ފެރީ އިން ދަތުރު ކުރާ މީހުން ވަނީ މަދުވެފައި

ހުޅުމާލޭއާ މާލެއާ ދަތުރުކުރާ އާންމު ފެރީގެ ހިދުމަތާއި ލޯންޗުގެ ހިދުމަތް ހުއްޓާލަން ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ މާލެ އާއި ހުޅުމާލެ އާ ދެމެދު ދަތުރުކުރާ ފެރީގެ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށާއި އާންމު ފެރީގެ ހިދުމަތާއި އެކްސްޕްރެސް ލޯންޗުގެ ހިދުމަތް މާދަމާ ރޭ 12:00 ފެށިގެން  ހުއްޓާލާނެ ކަމަށެވެ.

އާންމު ފެރީ އާއި އެކްސްޕްރެސް ލޯންޗުގެ ހިދުމަތް ހުއްޓާލި ނަމަވެސް އެ ކުންފުނިން، މާލެ އާއި ހުޅުމާލެއާ ދެމެދު ދުއްވާ ޕްރިމިއަމް ފެރީގެ ހިދުމަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޝެޑިއުލްތަކަށް އަންނަ ބަދަލުތައް ކުންފުނީގެ ވެބްސައިޓް އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ކަސްޓަމަރުންނާއި ހިއްސާ ކުރެވިދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީން މިގޮތަށް އާންމުކޮށްފައިވާ އިރު ސިނަމާލެ ބްރިޖުއާ ގުޅިގެން ގިނަ ބަޔަކު ދަތުރު ކުރަމުންދަނީ ބެރިޖުންނެވެ. މިކަމުގެ ސަބަބުން އާންމު ފެރީތައް ބޭނުން ކުރާ މީހުންގެ މިންވަރު ވަރަށް ބޮޑަށް މަދެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް