ކ. މާލެ
|
4 ނޮވެންބަރ 2018 | އާދީއްތަ 09:12
ޓްރާންސްޕޭރެންސީ އިންތިޚާބީ ރައީސާ ބައްދަލު ކުރަނީ
ޓްރާންސްޕޭރެންސީ އިންތިޚާބީ ރައީސާ ބައްދަލު ކުރަނީ
މުހައްމަދު ޝަރުހާން
ޓްރާންސްޕޭރެންސީ މޯލްޑިވްސް
ޓްރާންސްޕޭރެންސީގެ އެންޓި ކޮރަޕްޝަން އެޖެންޑާ އިންތިޚާބީ ރައީސަށް އަރުވައިފި
ޖުމްލަ 12 ދާއިރާއަކަށް ވަނީ އަމާޒުކޮށްފައި

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެންޓި ކޮރަޕްޝަން އެޖެންޑާ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް ހޮނިހިރު ދުވަހު އަރުވައިފިއެވެ.

ޓްރާންސްޕޭރެންސީގެ އެންޓި ކޮރަޕްޝަން އެޖެންޑާ ތައްޔާރު ކޮށްފައިވަނީ މައިގަނޑު 12 ނުކުތާއެއްގެ މައްޗަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލިސް ހަރުދަނާ ކުރުމާއި، އިންސާނީ ހައްގުތަކާއި ގާނޫނުގެ ވެރިކަން ދެމެހެއްޓުމާއި، ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމާއި، މުއައްސަސާތައް ހަރުދަނާކޮށް، ނަޒާހަތްތެރި މީހުން އައްޔަން ކުރުމާއި، ކޮންޓްރެކްޓުތައް ދިނުމުގައި ހުޅުވާލެވިފައިވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ އެޑްވޮކަސީ އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު އައިމަން ރަޝީދު ރާއްޖެ އެމްވީއަށް ވިދާޅުވީ އެޖެންޑާ އެކުލަވާލާފައި ވަނީ ބައިނަލް އަގުވާމީ ގޮތުން އަދި ރާއްޖޭގައި ހިންގާފައިވާ ކަންތައްތަކާއި އެ ޖަމިއްޔާގެ ދިރާސާތަކުގެ މައްޗަށް ކަމަށެވެ. އައިމަން ވިދާޅުވީ އެ ޖަމިއްޔާއިން ހުށަހަޅާފައިވާ ކަންތައްތައް ތަންފީޒު ކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަން ވެސް އިންތިޚާބީ ރައީސަށް ދަންނަވާފައިވާ ކަމަށް އައިމަން ވިދާޅުވިއެވެ.

އައިމަން ވިދާޅުވީ އެޖަމްއިއްޔާގެ ބޭނުމަކީ ކޮރަޕްޝަނުން އެއްކިބާވެފައިވާ ސާފު ހިންގުމުގެ ނިޒާމެއް ޤާއިމްވުން ކަމަށެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ގެންދަނީ ރާއްޖެއިން ކޮރަޕްޝަން މަދުކޮށް، ނައްތާލުމުގައި ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް