ކ. މާލެ
|
3 ނޮވެންބަރ 2018 | ހޮނިހިރު 22:39
އައޯރާގެ ކައުންސިލް އޮފް މިނިސްޓާސްގެ 18 ވަނަ ބައްދަލުވުން
އައޯރާގެ ކައުންސިލް އޮފް މިނިސްޓާސްގެ 18 ވަނަ ބައްދަލުވުން
ޓްވިޓަރ
އައޯރާގެ މެންބަރު ގައުމަކަށް ރާއްޖެ
އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަންގެ މެންބަރަކަށް ރާއްޖެ
ރާއްޖެއިން އެ ޖަމިއްޔާގެ މެންބަރަކަށް ވުމަށް އެދިފައިވަނީ 2017 ވަނަ އަހަރު

އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައޯރާ)ގެ މެންބަރު ގައުމަކަށް ރާއްޖެ ވެއްޖެއެވެ.

އައޯރާގެ މެންބަރުކަން ރާއްޖެއަށް ދޭން އެ ޖަމިއްޔާގެ ކައުންސިލް އޮފް މިނިސްޓާސްއިން މިދިޔަ ހުކުރު ދުވަހު ދެކުނު އެފްރިކާގެ ވެރިރަށް ޑާބަންގައި ބޭއްވި ބައްދަލުވުމުގައި ވަނީ ނިންމާފައެވެ. ރާއްޖެއިން އެ ޖަމިއްޔާގެ މެންބަރަކަށް ވުމަށް އެދިފައިވަނީ 2017 ވަނަ އަހަރުގެ މެއި މަހުއެވެ. ނަމަވެސް އޭރު އިންޑިއާއިން ވެސް ބޭނުން ނުވުމާއެކު ނިންމާފައި އޮތީ މެންބަރުކަން ރާއްޖެއަށް ދިނުން ފަސް ކޮށްލުމަށެވެ.
ބޭރުގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ރާއްޖެއިން ޗާގޯސް ރަށްތަކުގެ މައްސަލާގައި މޮރީޝޮއަސްއާއި ދެކޮޅަށް އދގައި ވޯޓުދިން މައްސަލާގައި ރާއްޖެއަށް މެންބަރުކަން ދޭން އެ ގައުމުން ދެކޮޅު ހެދިއެވެ. މޮރޯޝިއަސްގެ އެ ވިސްނުމަށް ބަދަލު އައީ އާ ސަރުކާރެއް އިންތިހާބުވުމާއެކު އެ ސަރުކާރަށް ފުރުސަތު ދޭން ޖެހޭނެ ކަމަށް އިންޑިއާއިން މޮރީޝިއަސްއަށް ބާރު އެޅުމައި ގުޅިގެން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެފައިވެއެވެ.
ރާއްޖެއަށް އެ ޖަމިއްޔާގެ މެންބަރުކަން ދިނުމުގެ އިތުރުން ޑައިލޮގު ޕާޓުނަރުންގެ ގޮތުގައި ދެކުނު ކޮރެއާއާއި ތުރުކީއަށް ފުރުސަތު ދިނުމަށް ވެސް ވަނީ ނިންމާފައެވެ.
އައޯރާއަކީ އިންޑިއާ ކަނޑު ހިއްސާ ކުރާ ގައުމުތަކުގެ މެދުގައި އުފައްދާފައިވާ ޖަމިއްޔާއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް