ކ. މާލެ
|
3 ނޮވެންބަރ 2018 | ހޮނިހިރު 19:52
ކުރީގެ ގަވަރނަރު އަޒީމާ: އޭނާ އޭސީސީއަށް ހާޒިރުވާން ވަނީ އަންގާފައި
ކުރީގެ ގަވަރނަރު އަޒީމާ: އޭނާ އޭސީސީއަށް ހާޒިރުވާން ވަނީ އަންގާފައި
ޓްވިޓަރ
އެމްއެމްޕީއާރުސީގެ ހިޔާނަތް
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅޭ ތަހުގީގަށް އަޒީމާ އޭސީސީއަށް ހާޒިރުކުރަނީ
އަޒީމާ ދިރިއުޅުއްވަނީ އެމެރިކާގައި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގަކަށް މަރުކަޒީ ބޭންކް އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމް އޭސީސީއަށް ހާޒިރުވާން އަންގައިފި އެވެ.

އޭސީސީގެ ނައިބު ރައީސް މުވައްވިޒު ރަޝީދު ބައެއް މީޑިޔާތަކަށް މައުލޫމާތު ދެއްވާގޮތުގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެ މައްސަލަ ފޮނުވުމުގެ ކުރިން އޮންނަ ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާގައި ބައެއް ފަރާތްތަކުގެ ބަޔާންތައް ނަގަން ޖެހޭ ކަމަށް ފާހަގަވުމުން އެ ފަރާތްތަކާ އެ ކޮމިޝަނުން ސުވާލުކޮށް، ބަޔާން ނަގަމުން އެބަދެ އެވެ.  

އަޒީމާއާ މީގެ ކުރިން ވެސް ވަނީ ސުވާލުކޮށް، މިމައްސަލައިގައި އޭސީސީން ބަޔާނެއް ނަގައިފަ އެވެ. އަޒީމާ މިހާރު ދިރިއުޅުއްވަނީ ފިރިކަލުންނާ އެކު އެމެރިކާގަ އެވެ. އަޒީމާގެ ފިރިކަލުން އަލީ ނަސީރަކީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބެވެ.  

އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ދައުލަތަށް ގެއްލުނު 1.22 ބިލިއަން ރުފިޔާއާ ގުޅިގެން އެމްއެމްއޭގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައި އެވެ. މި ގޮތުން ދައުލަތަށް ލިބެންޖެހޭ ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަމިއްލަ އެކައުންޓްތަކަކަށް ޖަމާކޮށް، މުއާމަލާތް ހިންގަމުންދާ ކަން އެނގި ތިބެ އެކަމަށް އެމްއެމްއޭ އިން އޭރު ފިޔަވަޅު ނާޅައި އޮތުމަކީ އެމްއެމްއޭއަށް ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒުވި ސަބަބެކެވެ. އެމްޕީއާރުސީގެ ހިޔާނާތް ހިނގިއިރު އެމްއެމްއޭ ގަވަރނަރުގެ މަގާމުގައި ހުންނެވި އަޒިމާ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ދެކޮޅު ހައްދަވައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް