ކ. މާލެ
|
3 ނޮވެންބަރ 2018 | ހޮނިހިރު 18:56
ތިމަރަފުށީގެ ރައްޔިތުންގެ ފަރާތުން ފަރިވަޅެއް ގެނައުން
ތިމަރަފުށީގެ ރައްޔިތުންގެ ފަރާތުން ފަރިވަޅެއް ގެނައުން
ރާއްޖެއެމްވީ
ރާއްޖެޓީވީއަށް ފަރިވަޅު ގެނައުން
ތިމަރަފުށިން ރާއްޖެ ޓީވީއަށް ފަރިވަޅެއް ހަދިޔާކޮށްފި
ރާއްޖެ ޓީވީގެ މުވައްޒަފުން ބިރެއް ނެތި އުފުލަމުންދާ ގައުމީ ވާޖިބު، އެރަށުގެ ރައްޔިތުން ބަލައިގަނޭ

ރާއްޖެޓީވީ އުފެދުނީއްސުރެ މިއަދާ ހަމައަށް މުވައްޒަފުން ކުރަމުން އައި ބުރަ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ތ.ތިމަރަފުށީގެ ރައްޔިތުންގެ ފަރާތުން ފަރިވަޅެއް ހަދިޔާކޮށްފިއެވެ.

ތިމަރަފުށިން ގެނައި ފަރިވަޅު ހަވާލުކުރުމުގެ ރަސްމިއްޔާތުގައި، އެ ފަރިވަޅު ތައްޔާރުކުރުމުގައި ހަރަކާތްތެރިވި މީހަކު ބުނީ ރާއްޖެ ޓީވީގެ މުވައްޒަފުން ބިރެއް ނެތި އުފުލަމުންދާ ގައުމީ ވާޖިބު، އެރަށުގެ ރައްޔިތުން އުފަލުން ބަލައިގަންނަ ކަމަށެވެ. މި ފަރުވަޅު ހަދިޔާކުރީ އެކަމަށް ހިތްވަރު ދިނުމުގެ ގޮތުންކަން ފާހަގަކޮށް އެމީހާ ބުނީ ރިޔާސީ އިންތިޚާބުގައި ރާއްޖެޓީވީގެ މުވައްޒަފުން, ރައްޔިތުންނާއި ގައުމަށް ނަމޫނާ ދައްކުވައިދީފައިވާ ކަމަށެވެ.

މި ހަފްލާގައި ރާއްޖެ ޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރު ހުސައިން ފިޔާޒު މޫސާ ވިދާޅުވީ ރާއްޖެ ޓީވީގެ ކާމިޔާބަކީ ރައްޔިތުންގެ ހެޔޮ ދުއާ އާއި ދެމުންދާ ލޯބި ކަމަށެވެ. ރައްޔިތުން ރާއްޖެ ޓީވީގެ މުވައްޒަފުންނަށް ދެމުންދާ ހިތްވަރު ފާހަގަ ކުރައްވައި ފިޔާޒު ވިދާޅުވީ ރައްޔިތުން އެދޭ ފަދަ ރަނގަޅު ކޮންޓެންޓެއް ގެނައުމަށް މަސައްކަތް ކުރާނެ އެވެ.

ތިމަރަފުށިން ގެނައި ފަރިވަޅުގައި އެކި ހަދިޔާ ފޮށިގަނޑުތަކާއި، ވަރަށް ތަފާތު ބާވަތްތަކުގެ ކާބޯތަކެތި ހިމެނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް