ކ. މާލެ
|
3 ނޮވެންބަރ 2018 | ހޮނިހިރު 09:50
މާލޭގެ މަގެއްގައި ފެންބޮޑުވެފައި
މާލޭގެ މަގެއްގައި ފެންބޮޑުވެފައި
މުހައްމަދު ޝަރުހާން
ރާއްޖޭގެ މޫސުން
ދެކުނާއި އުތުރުގެ ރަށްތަކަށް ވިއްސާރަ ކުރާނެ: މެޓް އޮފީސް
އުތުރުގެ އަތޮޅުތަކަށް ވާރޭ ވެހޭނެ
ދެކުނުގެ އަތޮޅުތަކަށް ކުރާ ވިއްސާރަ އިތުރު ދެ ދުވަހަށް ދެމިގެންދާނެ ކަމަށް ބެލެވޭ

ރާއްޖޭގެ  އުތުރާ ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ އުތުރުގެ އަތޮޅުތަކާއި ދެކޮނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ.

މީގެ އިތުރުން ދެކުނާއި އުރުގެ ރަށްތަކަށް ގުގުރުމާ އެކު ބޯކޮށް ވާރޭ ވެހުން އަކަށީގެންވާ ކަމަށް ބުނެއެވެ. މެދުތެރޭ ރަށްތަކަށް މޫސުން ރަނގަޅުވާނެ ކަމަށް ބުނެއެވެ.

މި ދުވަސްވަރު ކުރަނީ ހުޅަނގު މޫސުމުގެ ވާރޭ ކަމަށާއި ކުރިއަށް އޮތް ދެ ދުވަހަކަށް ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އުތުރާ މެދުތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ބުނެއެވެ.

މިހާރު ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް ކުރަމުންދާ ވިއްސާރައިގައި ވަނީ އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ ފޭދޫ އަދި މީދޫއަށް ބޯކޮށް ވާރޭ ވެހި ބައެއް ގެތަކުގެ ހިފާ ގެންގުޅޭ ސާމާނަށް ވަނީ ގެއްލުން ވެފައެވެ.

ބައެއް ގެތަކުގައި އައިސް އަލަމާރި އާއި އެނދު ފަދަ އަގު ބޮޑެތި ފަރުނީޗަރަށް ފެނުގެ އަސަރުކޮށް ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފައިވާ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް