ކ. މާލެ
|
2 ނޮވެންބަރ 2018 | ހުކުރު 23:13
ރައީސް ޔާމީންގެ ކާރުކޮޅު ސެނަހިޔާ ދޮރުމަތީގައި
ރައީސް ޔާމީންގެ ކާރުކޮޅު ސެނަހިޔާ ދޮރުމަތީގައި
ރާއްޖެ އެމްވީ
ރައީސް ޔާމީން
ރައީސް ޔާމީނަށް ސެނަހިޔާގައި ފަރުވާދީފި
އެނގިފައިވާގޮތުގައި ރައީސް ޔާމީނަށް ހުކުރު ދުވަހުގެ ރޭ 9:30 ކަން ހާއިރު ފަރުވާދީފައިވޭ

ރައީސް އަބްދުﷲ ޔާމީނަށް ސެނަހިޔާގައި ފަރުވާދިންކަމުގެ މައުލޫމާތު ރާއްޖެ.އެމްވީއަށް ލިބިއްޖެއެވެ. 

ރާއްޖެ.އެމްވީއަށް އެނގިފައިވާ ގޮތުގައި ރައީސް ޔާމީނަށް ހުކުރު ދުވަހުގެ ރޭ 9:30 އެހާއިރު ފަރުވާ ދީފައިވެއެވެ. އަދި ހުކުރު ދުވަހު މެންދުރުގެ ވަގުތެއްގައިވެސް އެމަނިކުފާނު ސެނަހިޔާއަށް ވަޑައިގެންފައިވާކަން ރާއްޖެ.އެމްވީއަށް ވަނީ އެނގިފަ އެވެ. 

އެމަނިކުފާނަށް ސެނަހިޔާއިން ފަރުވާދިންކަން ކަށަވަރުވިނަމަވެސް އެ މަނިކުފާނު ފަރުވާ ހޯއްދެވީ ކޮން ކަމަކަށްކަން ކަށަވަރުކުރެވިފައެއް ނުވެއެވެ. ރާއްޖެ.އެމްވީއަށް ކަށަވަރުވެފައިވާގޮތުގައި ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު ގޯހެއް ނޫނެވެ. 

ރައީސް ޔާމީން، ސެނަހިޔާއިން ފަރުވާ ހޯއްދެވިކަމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ރައީސް އޮފީހުގެ ތަރުޖަމާނާއި ތަކުރާރުކޮށް ގުޅުމުންވެސް އޭނާ ފޯނަށް ޖަވާބެއް ނުދެއްވައެވެ. އަދި ރައީސްގެ އަރިސް ބޭފުޅުންވެސް އެކަމާއި ގުޅޭގޮތުން ކޮމެންޓް ކުރެއްވުމަށް ވަނީ ދެކޮޅު ހައްދަވާފަ އެވެ. 

މީގެކުރިންވެސް ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅު އެކި ފަހަރުމަތިން ގޯސްވިކަމުގެ ތުހުމަތުތަކެއް ކުރެވުނު އެވެ. ނަމަވެސް އޭރުގައި އެމަނިކުފާނު ވަނީ އެ ތުހުމަތުތަށް ދޮގުކުރައްވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް
2 ނޮވެންބަރ 2018 | ހުކުރު 18:54
އައިސަ
ދޮގެއް!!!!