ކ. މާލެ
|
2 ނޮވެންބަރ 2018 | ހުކުރު 18:24
އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ ޗެއާރ ޝިދާތާ ޝަރީފް
އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ ޗެއާރ ޝިދާތާ ޝަރީފް
ރާއްޖެއެމްވީ
ޝެއިޚް އިމްރާން
ޝިދާތާއަކީ އިސްލާހީ ހަރަކާތުގެ އެއްތަނބު: ޝެއިޚް އިމްރާން
ޝިދާތާއަކީ މުޅި ރާއްޖެ ފަޚުރުވެރިވާނެ ފަދަ ކަނބަލެއް
ޝިދާތާ ރާއްޖެއާއި ބޭރުގައި ކުރައްވަމުން ގެންދަވަނީ ނަމޫނާ މަސައްކަތެއް

އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ ޗެއާރ ޝިދާތާ ޝަރީފަކީ އިސްލާހީ ހަރަކާތުގެ އެއްތަނބު ކަމަށް އެޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޝެއިޚް އިމްރާން ޝިދާތާއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ޖަލަށްލުމުން އެނބުރި އަންނަންދެން މަގުމަތީގައި ހުންވާނެކަމަށް ޝިދާތާ ވެވަޑައިގެންނެވި ވައުދު ފުއްދަވާފައިވާ ކަމަށެވެ.

ޝިދާތާއަކީ މުޅި ރާއްޖެ ފަޚުރުވެރިވާނެ ފަދަ ކަނބަލެއްކަން ފާހަގަކުރައްވައި ޝެއިޚް އިމްރާން ވިދާޅުވީ އެއީ އިސްލާހީ ހަރަކާތުގެ އެއްތަނބު ކަމަށެވެ. އަދި ޝިދާތާ ރާއްޖެއާއި ބޭރުގައި ކުރައްވަމުން ގެންދަވަނީ ނަމޫނާ މަސައްކަތެއް ކަމަށެވެ.

އެގޮތުން ޝިދާތާގެ މިންނެތް މަސައްކަތް ޝެއިޚް އިމްރާންވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޝިދާތާއަކީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ވެސް މެމްބަރެކެވެ. އަދި އެކަމަނާ ވަނީ އިސްލާހީ ހަރަކާތްތަކުގައި ބައިވެރިވެ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 މިނެޓު ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް