ކ. މާލެ
|
2 ނޮވެންބަރ 2018 | ހުކުރު 07:56
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހިމް
ރާއްޖެ އެމްވީ
މަޖިލިސް ރިޔާސަތު
މަސައްކަތްކުރާނީ ދައުލަތަށް ވަފާތެރިކޮށް: ޤާސިމް
ވޭތުވެދިޔަ ތަނުގައި ފެނިގެންދިޔަ ކަހަލަ ނާއުއްމީދީ އެއްވެސް ކަމެއް ރައްޔިތުންނާއި ހަމަޔަށް ދެން ނާންނާނެ

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މަސައްކަތްޕުޅު ކުރައްވާނީ ދިވެހި ސަރުކާރާއި ދައުލަތަށް އިޚްލާސްތެރިކަމާއި ވަފާތެރިކޮށް، ރައްޔިތުންނަށާއި ޤައުމަށް މަންފާ ލިބެނިވި ގޮތަކަށްކަމަށް މަޖިލީހުގެ ރައީސްކަމަށް ވަޑައިގެންނެވި މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާއަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ޤާސިމް ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ބޭނުންވެފައިވާ ޑިމޮކްރެޓިކް ހަޔާތް ގެނެސްދިނުމުގައި ވޭތުވެދިޔަ ތަނުގައި ފެނިގެންދިޔަ ކަހަލަ ނާއުއްމީދީ އެއްވެސް ކަމެއް އެމަނިކުފާނުގެ ރިޔާސަތުގައި ރައްޔިތުންނާއި ހަމަޔަށް ނާންނާނެ ގޮތަކަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އެމަނިކުފާނު މަސައްކަތްކުރައްވާނީ ޤާނޫން އަސާސީއާއި މަޖިލީހުގެ ޤާނޫނުގެ ތެރެއިންކަމަށް ޤާސިމް ވިދާޅުވިއެވެ. 

އަދި އެމަނިކުފާނު މަސައްކަތްކުރައްވާނީ ދިވެހި ސަރުކާރަށް އިތުރު ކުރިއެރުމާއި އިތުރު މަންފާ ލިބިގެންދާނެ ލުއިފަސޭހަ ގޮތަކަށް މަސައްކަތްކުރައްވާނެކަމަށް ޤާސިމް ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު މަޖިލީހުގެ ރައީސްކަމަށް ގެނައުމުގައި ގުޅިފައިވާ ހަތަރު ޕާޓީގެ ލީޑަރުންނާއި އިންތިޚާބީ ރައީސް އަދި އިންތިޚާބީ ނައިބު ރައީސް ކޮށްދެއްވި މަސައްކަތްތަކަށް ޤާސިމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޤާސިމް އިބްރާޙިމް ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ހޮވިވަޑައިގެންފައިވަނީ މަޖިލީހުގެ 62 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އެމަނިކުފާނައި ވާދަކުރެއްވި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ އަށް ލިބިވަޑައިގަތީ 16 ވޯޓެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 13 މިނެޓު ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް