ކ. މާލެ
|
2 ނޮވެންބަރ 2018 | ހުކުރު 07:51
ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރުނުއިރު މެޓް އޮފީހުން އާއްމުކުރި ސެޓެލައިޓް ފޮޓޯއެއް
ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރުނުއިރު މެޓް އޮފީހުން އާއްމުކުރި ސެޓެލައިޓް ފޮޓޯއެއް
މެޓް އޮފީސް
ރާއްޖޭގެ މޫސުން
ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފި
ބުރާސްފަތި ދުވަހުގެރޭގެ ބޮޑުބައިގައި ދެކުނުގެ އަތޮޅުތަކަށް އޮތީ ޔެލޯ އެލަރޓް ނެރެފައި

ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭތީ ދެކުނުގެ 4 އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހުކުރު ވިލޭރޭ މެންދަމު 3:15 އިން ފެށިގެން ހުކުރު ދުވަހުގެ ހެނދުނު 7:15 އަށް ގއ. އިން ފެށިގެން ދެކުނަށް ވަނީ ޔެލޯ އެލަރޓް ނެރެފައެވެ. ބުރާސްފަތި ދުވަހުގެރޭ 11:00އިން ފެށިގެން މެންދަމު 3:00 އާއި ހަމަޔަށްވެސް ޔެލޯ އެލަރޓް އޮތީ ނެރެފައެވެ. އަދި އެލަރޓްގެ ވަގުތު ހަމަވުމާއިއެކު ހެނދުނު 7:15 އާއި ހަމަޔަށް ވަގުތު ވަނީ އިތުރުކޮށްފައެވެ. 

ދެކުނުގެ އަތޮޅުތަކަށް ވިއްސާރަކުރަމުންދާއިރު ބުރާސްފަތި ދުވަހުގެ އިރު އޮއްސުނީއްސުރެ މެންދަމާއި ހަމަޔަށް ވ. އަތޮޅުން ދެކުނަށް މެޓް އޮފީހުން ވަނީ ވައިޓް އެލަރޓް ނެރެފައެވެ. މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އާއްމުކޮށް ވިއްސާރަ ދުވަސްވަރެކެވެ. 

ހުކުރު ދުވަހުގެރޭ 8:00އާއި ހަމަޔަށް ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާ ގޮތަށް ބަލާލާއިރު، މެދުތެރެއާއި ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ، އަދި ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވެއެވެ. ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލަރޓް ނެރެފައިވާއިރު އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާއްމުގޮތެއްގައި ރަނގަޅުވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. 

ކަނޑުތަކަށް ބަލާއިރުވެސް އުތުރުގެ އަތޮޅުތަކުގައި ކަނޑުތައް މަޑުވެފައި، މެދުތެރެއާއި ދެކުނުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް