ކ. މާލެ
|
1 ނޮވެންބަރ 2018 | ބުރާސްފަތި 23:13
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ރައީސަކަށް ގާސިމް ހޮއްވަވައިފި
ގާސިމް އެ މަގާމަށް ހޮއްވެވީ 62 ވޯޓު
އަބްދުއްރަހީމަށް ލިބިވަޑައިގެންނެވީ 16 ވޯޓު
ވޯޓުގައި 80 މެމްބަރުން ބައިވެރިވެވަޑައިގެންނެވި

މަޖިލީހުގެ ރައީސްގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ހޮއްވަވައިފިއެވެ.

މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުﷲ މަސީހު މުހައްމަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަގާމަށް ބޭފުޅަކު ހޮއްވެވުމަށްޓަކާ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސްގެ މަގާމަށް ގާސިމް އިންތިހާބު ކުރެއްވީ 62 މެމްބަރުން ވޯޓުންނެވެ.

މަޖިލީހުގައި ނެގި ސިއްރު ވޯޓުގައި ގާސިމާ ވާދަ ކުރެއްވީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲއަށް ލިބިވަޑައިގެންނެވީ 16 ވޯޓެވެ. ބާތިލު ވޯޓުގެ އަދަދަކީ 2 ދޭކެވެ.

މަޖިލީހުގެ ރައީސް ހޮއްވެވުމަށްޓަކާ ނެގި ސިއްރު ވޯޓުގައި 80 މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މަޖިލީހުގެ ރައީސް ހޮއްވެވުމަށްޓަކާ ނެގި ސިއްރު ވޯޓު ގުނާފައި ވަނީ މަޖިލީހުން ނެންގެވި ފަސް މެމްބަރުންގެ ވަގުތީ ކޮމެޓީންނެވެ. އެ ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކާއި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަލީ މައުރޫފުގެ އިތުރުން މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
2 ނޮވެންބަރ 2018 | ހުކުރު 01:35
އިސްމާއިލް
ވޯޓް ލާން ނޭގޭ ދެމެމްބަރުން ތިބުމުން ދެރަވޭ.