ކ. މާލެ
|
1 ނޮވެންބަރ 2018 | ބުރާސްފަތި 18:52
ރައީސް މުހައްމަދު ނަޝީދު ދެއްވާ ޕްރެސް
ރައީސް މުހައްމަދު ނަޝީދު ދެއްވާ ޕްރެސް
ޓްވިޓަރ
ރައީސް ނަޝީދުގެ ޕްރެސް
ރާއްޖެ އޮތީ ޗައިނާއަށް 3 ބިލިއަން ޑޮލަރަށް ދަރާފައި: ރައީސް ނަޝީދު
އެދަރަނި ދައްކަމުން ދާނީ ދިވެހިރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ވެސް ކޮށްދެމުން ކަމަށް ވިދާޅުވި

ދިވެހިރާއްޖެ އޮތީ ޗައިނާއަށް ތިން ބިލިއަން ޑޮލަރަށް ދަރާފައިކަމަށާއި، އިބުރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެއްމެ މުހިއްމު އެެއް ކަމަކަށް ވާނީ ވިސްނުންތެރިކަމާ އެކު އެ ދަރަނި ދެއްކުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުއްޖެއެވެ.

ތިން އަހަރެއްހާ ދުވަހު އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިގެން ހުންނެވުމަށް ފަހު އެނބުރި ރާއްޖެވަޑައިގެން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެ ދަރަނި ދައްކަމުން ދާނީ ދިވެހި ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ވެސް ކޮށްދެމުން ކަމަށެވެ.

މިވަގުތަށް އެންމެ މުހިއްމު ކަމަކީ ދިވެހިރާއްޖޭގެ ސިޔާސީ ހަމަޖެހުން ހިފެހެއްޓުން ކަމަށާއި، އެ ހަމަޖެހުން ނެއްޓިގެން ދިއުމުން އެކަމުގައި އެންމެ ބޮޑު ދެރައެއް ލިބެމުންދާނީ ދިވެހިރައްޔިތުންނަށް ކަމަށެވެ. އެ ބޭފުޅުން ގުޅިގެން ކުރައްވާ ހުރިހާ މަސައްކަތެއް ވެސް އަމާޒުވާނީ ރައްޔިތުންނަށް ކަމަށާއި، އިބޫގެ ރައީސް ކަމުގައި ތަފާތު ފިކުރުގެ ޕާޓީތަކުން އެއްބަސް ވެފައިވާ ކަންކަން ކުރުމުގައި އެމަނިކުފާނުގެ ބައިވެރިވުން ވަރަށް ވެސް ބޮޑުވާނެ ކަަމަށެވެ.

ރައީސް އަބްދުﷲ ޔަމީންގެ ފާއިތުވެ މިދާ ފަސް އަހަރުގެ ދައުރުގައި ރާއްޖޭގެ ނޫސްވެރިން ވަރަށް ބޮޑެތި ގޮންޖެހުންތަކަކާއި ކުރިމަތިި ކަމަށާއި، އެ ގޮންޖެހުންތަކާ އެކު، ނޫސްވެރިން ކުރެއްވި ބުރަ މަސައްކަތަށް އެމަނިކުފާނު މަރުހަބާ އާއި ޝުކުރު ދެންނެވިއެވެ.

"މިދިޔަ 5 އަހަރު ވަރަށް ބޮޑު ތަނުން ޚުދުމުޚްތާރުވެ ނޫސްވެރިކަން ހަނިވެއްޖެ. އެހަނި ޖާގައިގައި ނޫސްވެރިން ކުރީ ވަރަށް ބުރަ ތައުރީފް ހްއްގު މަސައްކަތެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ލައްވާފާނަންތޯ ނޫސްވެރިއަކު ކުރި ސުވާލަށް ސީދާ ޖަވާބު ނުދެއްވި ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަކީ ސިޔާސީ ހަރަކާތުގެ ނާރެސް ކަމަށާއި މަޖިލީހަށް ކުރިމަތިލުމާ މެދު އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށެވެ. އެހެނަސް މަޖިލީހަކީ ފައިދާހުރި މަސައްކަތްތަކެއް ކުރެވޭ ތަނަކަށް ހެދޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
2 ނޮވެންބަރ 2018 | ހުކުރު 01:13
Haaluge dhulun
raajje mv jahaadhenee vakigothakah hunna Comenthen heevanee