ކ. މާލެ
|
1 ނޮވެންބަރ 2018 | ބުރާސްފަތި 19:45
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ޓްވިޓަރ
ރައީސް ނަޝީދު
އިބޫ އަކީ މުގުލެއް: ރައީސް ނަޝީދު
އެއްވެސް އިރެއްގައި އިންތިހާބީ ރައީސް ސޯލިހަކީ ހިޔަންޏެއް ނޫން
ނިންމުންތައް ނިންމާނީ މަޝްވަރާގެ ތެރެއިން
ވެރިކަން ކުރެއްވި އިރު އިންތިހާބީ ރައީސް ސޯލިހުގެ އެހީތެރިކަން ލިބުނު

އިންތިހާބީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު (އިބޫ) އަކީ އެއްވެސް އިރެއްގައި ހިޔަންޏެއް ނޫން ކަމަށާއި، ރައީސް ސޯލިހަކީ އަބަދުވެސް "މުގުލެއް" ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އުނިމާ ގްރޭންޑްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، އިންތިހާބީ ރައީސް އިބްރާހިމް ސޯލިހަށް ވެރިކަން ކުރެއްވުމުގައި އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަން ލިބިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑާއި އިބޫއާ އެކުގައި މަސައްކަތް ކުރާތާ ވަރަށް ދިގު މުއްދަތެއް ވެއްޖެ. އެއްވެސް އިރެއްގައި އިބޫ އަކީ ހިޔަންޏެއް ނޫން. އިބޫ ހުންނެވީ މުގުލުގައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ސޯލިހަކީ މަޖިލީހުގައި 30 އަހަރު ހޭދަކުރައްވާފައިވާ ބޭފުޅަކަށްވާއިރު، ރައީސް ނަޝީދު ވެރިކަން ކުރެއްވި އިރުވެސް އެންމެ ބޮޑު އެހީތެރިކަމެއް ލިބިވަޑައިގަތީ ރައީސް ސޯލިހުގެ ފަރާތުން ކަމަށާއި، އެމްޑީޕީ ހިންގުމުގައިވެސް އެމަނިކުފާނުގެ އެއްބާރުލެއްވުން ވަރަށް ބޮޑަށް ލިބިލެއްވި ކަމަށެވެ.

ނަޝީދު ވިދާޅުވީ، އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އަބަދުވެސް ފެނިވަޑައިގަންނަވާނީ އެމަނިކުފާނު މިހާރުވެސް އަދާކުރައްވާ މަގާމުގައި ކަމަށާއި މި ވެރިކަން ދަމެހެއްޓުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 މިނެޓު ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް