ކ. މާލެ
|
1 ނޮވެންބަރ 2018 | ބުރާސްފަތި 18:27
ރައީސް ނަޝީދު އިންތިޚާބީ ރައީސްއާ އެކު މަތިންދާބޯޓުން ފައިބައިވަޑައިގަންނަވަނީ
ރައީސް ނަޝީދު އިންތިޚާބީ ރައީސްއާ އެކު މަތިންދާބޯޓުން ފައިބައިވަޑައިގަންނަވަނީ
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު
އެންމެ އިސްކަމެއް ދޭނީ އިންތިޚާބީ ރައީސް ސޯލިހުގެ ވެރިކަން ދަމަހައްޓަން: ރައީސް ނަޝީދު
މި ވެރިކަން ރޫޅުނަ ނުދީ ހިފަހައްޓާނަން

އެންމެ އިސްކަމެއް ދޭނީ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ދެމެހެއްޓުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދެ އަހަރާއި ނުވަ މަސް ފަހުން ރާއްޖެވަޑައިގެން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވެ ތިބި އެތައް ހާސް ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އަމާޒަކީ އިންތިޚާބީ ރައީސް ސޯލިހުގެ ސަރުކާރު ދެމެހެއްޓުން ކަމަށާއި، "މިސަރުކާރު ގުޑުނަ ނުދޭނެ" ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ނޭވާއާއި، ހިތުގެ ވިންދު ހިނގާހާ ހިނދު ގައުމަށްޓަކައި މިކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށާއި، ފަހަތަށް ނުޖެއްސޭނެ ކަމަށެވެ. 

އިރާދަކުއްވިއްޔާ އަޅުގަނޑުމެންގެ ނޭވާ ހިނގާހާ ހިނދަކު ހިތުގައި ވިންދު ހިނގާހިނދަކު މިމަސައްކަތް އަޅުގަނޑުމެން ހުއްޓައެއްނުލާނަން. އަޅުގަނޑުމެން ފަހަތަކަށް ވެސް ނުޖެއްސޭނެ. އަޅުގަނޑުމެން ވަރުބައްޔެއް ވެސް ނުވާނެ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން އެބުރި އަންނާނެ،"

ރައީސް ނަޝީދު ވިދާޅުވީ އިންތިހާބީ ރައީސް ސޯލިހުއާ އެކު ހެޔޮވެރިކަމެއް ކޮށްދޭނެ ކަމަށެވެ.

ދުނިޔޭގެ އެއްވެސް ކަމެއް އެގޮތަކަށް ނުހިނގާކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރޭގައި އެރިތަރި މިރޭ އަރަނީ އެހެންތާކުން ކަމަށާއި، "އެއްވެސް ދެރެއެއް، އެއްވެސް ދެހިނދުކޮޅެއް، އަދި އެއްވެސް ދެވަގުތުކޮޅެއް އެގޮތެއްގައި ނުހުންނަ" ކަމަށެވެ.

އަޅުގަނޑުމެންގެ ރާއްޖެ، ތިބޭފުޅުން އުންމީދުކުރާ ދިވެހިރާއްޖެއަކަށް އަޅުގަނޑުމެން ހަދާދޭނެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގުޅިފައިވާ ޕާޓީތަކުން ވަރުބަލިކަމެއް ނެތި މަސައްކަތް ކުރަމުންދާނީ ތިޔަ ބޭފުޅުންގެ ހަގީގަތަށް ތިޔަބޭފުޅުންގެ އުންމީދުތައް ހަގީގަތްތަކަށް ހެދުމަށް.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 15 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް