ކ. މާލެ
|
1 ނޮވެންބަރ 2018 | ބުރާސްފަތި 20:25
އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާނު އަބްދުﷲ
އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާނު އަބްދުﷲ
ގޫގުލް
ސުޕްރީމް ކޯޓުގެ އަމުރު
އިމްރާނަށް ކުރި ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ސުޕްރީމް ކޯޓުން އަމުރުކޮށްފި
މައްސަލަ އަލުން ބެލުމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފައި
އިމްރާނަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި
މި ވަގުތުގައި ގޭބަންދުގައި ހުންނެވި އިމްރާން މި އަމުރާ އެކު މިނިވަންވެގެންދާނެ

އަދާލަތު ޕާޓީގެ ރައީސް އިމްރާނު އަބްދުﷲގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމް ވަގުތީ ގޮތުން ފަސްކުރުމަށާއި ސުޕްރީމް ކޯޓުން އެހުކުމާ މެދު ގޮތެއް ނިންމަންދެން ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނެފައި ވަނީ އެ މައްސަލައަކީ ސުޕްރީމް ކޯޓުން 22 ނޮވެމްބަރުގައި ބަލައިނުގަތުމަށް ނިންމި މައްސަލައެއް ކަމަށެވެ. އޭރު ނިންމި ނިންމުން މުރާޖައާ ކުރުމަށް އެދި އެކި ސަބަބު ބަޔާންކޮށް އިމްރާން އަބްދުﷲ ގެ ފަރާތުން ހުށަހެޅި މައްސަލައާ ގުޅިގެން އެމައްސަލައިގެ މައުޟޫގެ މައްޗަށް ރާއްޖޭގެ ސުޕްރީމް ކޯޓުން ވަކި ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުން ކުރި ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް އިމްރާނުގެ ފަރާތުން ހުށަހެޅި ކަމަށެވެ.

މިވަގުތު ގޭ ބަންދުގައި ހުންނެވި، އިމްރާނުގެ ފަރާތުން ހުށަހެޅި ހުށަހެޅުގެ މައްޗަށާއި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި މި ބާވަތުގެ މައްސލަަތުގައި ވަގުތީ އަމުރު ނެރުމުގައި އަމަލުކުރަންޖެހޭ ދުސްތޫރީ އުސޫލުތަކުގެ މައްޗަށާއި މައްސަލައިގެ ބާވަތަށް ވެސް ބަލާފައިވާ ކަމަށެވެ.

އެގޮތުން ގާނޫނު އަސާސީގެ 56 ވަނަ މާއްދާ އާއި 68 ވަނަ މާއްދާއާއި ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާއާއި 20 ވަނަ މާއްދާގެ (ނ) އާއި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ގާނޫނުތަކުގެ ދަށުން ރާއްޖޭގެ ސުޕްރީމް ކޯޓަށް ލިބިގެންވާ ގާނޫނީ ބެލެނިވެރިކަމުގެ އިހްތިސާސްގެ މައްޗަށް ބަލާފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެއެވެ. އަދި ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 141 ވަނަ މާއްދާގެ (ށ) ގެ މައްޗަށް ރިޔާއަތް ކޮށްފައިވާ ކަމަށް ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިމްރާނުގެ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ކަނޑައަޅާފައިވާ އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށްވެސް ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ނިންމާފައެވެ

އިމްރާނުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާކަމަށް ކަނޑައަޅާ 12 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ. ޓަރަރިޒަމްގެ ހުކުމްކޮށްފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މޭޑޭ މުޒާހަރާގައި ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް