ކ. މާލެ
|
1 ނޮވެންބަރ 2018 | ބުރާސްފަތި 13:06
އިލެކްޝަންސް ކޮމިޝަނުގެ ގައުމީ ލަފާދޭ ކޮމިޓީ
އިލެކްޝަންސް ކޮމިޝަނުގެ ގައުމީ ލަފާދޭ ކޮމިޓީ
އިލެކްޝަންސް ކޮމިޝަން
އިދިކޮޅު ސިޔާސީ ޕާޓީތައް
ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކޮށްފި
24.2 މިލިއަން ރުފިޔާ ޕާޓީތަކަށް ވަނީ ދީފައި
ޕީޕީއެމްގެ 8.6 މިލިއަން ރުފިޔާ ވަނީ ހިފަހައްޓާފައި

ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރަންޖެހޭ ފައިސާގެ ތެރެއިން ނުދެވި ހުރި ފައިސާ ދޫކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކަށް ދޭންޖެހޭ 24.2 މިމިލިއަން ރުފިޔާ ޕާޓީތަކަށް ދީފައިވާ ކަމަށެވެ. އެގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް 7.4 މިލިއަން ރުފިޔާ ދީފައިވާ އިރު ޖުމްހޫރީ ޕާޓީތަކަށް 2.5 މިލިއަން ރުފިޔާ ވަނީ ދީފައެވެ. ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕިއެމް) ގެ ފައިސާ ވަނީ ހިފެހެއްޓިފައެވެ. އެހެން ނަމަވެސް އެޕާޓީއަށް ޖުމްލަ 11.5 މިލިއަން ރުފިޔާ ދޭންޖެހޭ އިރު 8.6 މިލިއަން ރުފިޔާ ނުދީ ވަނީ ހިފެހެއްޓިފައެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ޕީޕީއެމްގެ މައްސަލައާ މެދު ގޮތެއް ނިމެންދެން ޕީޕީއެމްއާ މުއާމަލާތް ކުރުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަށް ވަނީ 2.6 މިލިއަން ރުފިޔާ ދީފައެވެ.

 އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވެސް ވަނީ މިއަހަރުގެ މެއި މަހު ވެސް ޕާޓީތަކަށް ފައިސާ ހަވާލުކޮށްފައެވެ. އެގޮތުން އެފަހަރު އެމްޑީޕީއާއި ޖުމްހޫރީޕާޓީ އާއި ޕީޕީއެމްގެ އިތުރުން އެމްޑީއޭއަށް ފައިސާ ދީފައިވެއެވެ.

ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ މެންބަރުން ނިސްބަތްވަނީ ޕީޕީއެމް އަށެވެ.އެގޮތުން އެޕާޓީގައި 48129 މެންބަރުން ހިމެނެއެވެ. ދެވަނަ އަށް އެންމެ ގިނަ މެންބަރުން ނިސްބަތްވަނީ އެމްޑީޕީއަށެވެ. އެމްޑީޕީގެ ދަފްތަރުގައި 29008 މެންބަރުތިބެއެވެ. އެމްޑީއޭގެ ދަފްތަރުގައި 10648 ތިބޭ އިރު ޖުމްހޫރީ ޕާޓީގައި ތިބީ 10090 މެންބަރުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 11 މިނެޓު ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް