ކ. މާލެ
|
1 ނޮވެންބަރ 2018 | ބުރާސްފަތި 12:06
ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ
ރައީސް ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީ
ޓްވިޓަރ
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރައީސް ނަޝީދު މާލެ ވަޑައިގެންނެވުމުގެ މަސައްކަތްޕުޅު ފައްޓަވައިފި
ނަޝީދު މާލެ ވަޑައިގަންނަވާނީ މިއަދު ހަވީރު 4 ޖަހާއިރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރާއްޖެ ވަޑައިގެންނެވުމުގެ މަސައްކަތްޕުޅު ފައްޓަވައިފިއެވެ.

އެމަނިކުފާނާއި އަނބިކަނބަލުން ލައިލާ ވަނީ ރާއްޖެ އައުމަށް އެއާޕޯޓަށް ވަޑައިގަންނަވާފައެވެ. 

ރައީސް ނަޝީދާއި އެކު ވަޑައިގެންނެވުމަށް އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ލަންކާއަށް ވަޑައިގެން ފައެވެ. އެމަނިކުފާނާއި އެކު ގާނޫނީ ވަކީލުންގެ ޓީމް ވެސް ރާއްޖެ ވަޑައިގަންނަވާނެއެވެ.

މިއަދު ހަވީރު 4 ޖަހާއިރު ރައީސް ނަޝީދު މާލެ ވަޑައިގަންނަވާއިރު އެމަނިކުފާނަށް ޚާއްސަކޮށްގެން އެމްޑީޕީން ބާއްވާ މަރުހަބާ ހަރަކާތްތައް ޗާންދަނީމަގު ރީފްސައިޑް ކަންމަތިން ފެށިގެން މަޖީދީމަގުން ގޮސް އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ އެމްޑީޕީގެ ހަރުގެއާއި ހަމައަށް ކުރިއަށް ދާނެ ކަމަށް އެޕާޓީން ވަނީ ބުނެފައެވެ. 

އެމަނިކުފާނަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ބަންދުކުރި މައްސަލައިގައި 2015 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހުއެވެ. އޭގެ ފަހުން 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ބޭސްފަރުވާ އަށް ފޮނުވުމުން ރާއްޖެ ވަޑައިނުގެން އެމަނިކުފާނު ހުންނެވީ އިނގިރޭސި ވިލާތާއި އަވަށްޓެރި ސްރީ ލަންކާގައެވެ. އޭގެ ފަހުން މިއީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ފުރަތަމަ ފަހަރެވެ.

ނަޝީދަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް  ތަންޒީފު ނުކުރަން ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ. ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ޕީޖީގެ ފަރާތުން އެ ކޯޓަށް ހުށައެޅި މައްސަލާގައި ވަކި ގޮތެއް ނިންމުމުގެ ކުރިން އެމަނިކުފާނުގެ ހުކުމާ ގުޅިގެން ދައުލަތުގެ އެއްވެސް އިދާރާއަކުން ފިޔަވަޅު ނޭޅުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް