ކ. މާލެ
|
1 ނޮވެންބަރ 2018 | ބުރާސްފަތި 10:54
ކުރިީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް(ކ)
ކުރިީގެ ރައީސް މުހައްމަދު ނަޝީދާއި ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމް(ކ)
ޓްވިޓަރ
ރައީސް ނަޝީދު
މިއަދަކީ 21 ވަނަ ގަރުނުގެ ބޮޑު ބުރާސްފަތި: މައުސޫމް
ރައީސް ނަޝީދު މިއަދު ހަވީރު 4:00 ގައި މާލެ ވަޑައިގަންނަވާނެ
މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކުރާ ޖަލްސާ މިރޭ 8:30 އަށް ވަނީ ތާވަލް ކޮށްފައި

މިއަދަކީ 21 ވަނަ އަހަރުގެ ބޮޑު ބުރާސްފަތި ކަމަށް ޖުމްހޫރީ ޕާޓީގެ ނާއިބު ރައީސް ޑރ.އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. 

މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ (ނޮވެމްބަރ 1، 2018) ޤައުމުގައި މުހިއްމު 3 ކަމެއް ހިނގާނެ ދުވަހެއް ކަމަށެވެ. 

އެގޮތުން މިއަދަކީ، ރައްޔިތުންގެ ހިތްތަކުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި ރާއްޖެ ވަޑައިގަންނަވާ ދުވަސްކަން މައުސޫމް ފާހަގަ ކުރެއްވިއެވެ.

އަދި ހަމަ އެއާއި އެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ޢަބްދުﷲ މަސީހުގެ މައްޗަށް އިތުބާރު އޮތްތޯ ބެލުމަށް މަޖިލީހުގައި މިރޭ ވޯޓު ނެގުމަށް ހަމަޖެހިފައިވާއިރު، އެ މަޤާމުން މިރޭ މަސީހު އިސްތިއުފާ ދެއްވާނެ، ނުވަތަ މަޤާމުން ވަކިކުރެވޭނެކަންވެސް މައުސޫމް ފާހަގަކުރެއްވިއެވެ. 

ތިންވަނަ ކަމެއްގެ ގޮތުގައި މައުސޫމް ފާހަގަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ހުސްވުމުން އެ މަޤާމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާހިމް އިންތިޚާބުވެގެން ދިއުމެވެ. ގުޅިފައިވާ ޕާޓީތަކުން އެ މަޤާމަށް ޤާސިމް ހޮވުމަށް

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކޮށް، ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމަށް މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާނެ ކަމަށެވެ. އެހެންކަމުން މިއަދަކީ 21 ވަނަ ގަރުނުގެ ބޮޑު ބުރާސްފަތީގެ ގޮތުގައި މައުސޫމް ސިފަކުރެއްވިއެވެ.

21 ގަރުނުގެ ބޮޑު ބުރާސްފަތި ދުވަހަށް މައުސޫމް މިއަދު ސިފަ ކުރައްވާފައިވާއިރު ރައީސް ނަޝީދު މިއަދު ހަވީރު 4:00 ގައި މާލެ ވަޑައިގަންނަވާނެއެވެ. އެކަމަށްޓަކައި އެމްޑީޕީން ތައްޔާރުވަމުންދާއިރު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކުރާ ޖަލްސާ މިރޭ 8:30 އަށް ވަނީ ތާވަލް ކޮށްފައެވެ. އަދި މަޖިލީހުގެ ރައީސަކަށް ގެނައުމަށް ޖޭޕީގެ ލީޑަރ ގާސިމް އިބްރާހިމަށް ކޯލިޝަނުން ވަނީ ތާއީދު ކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް