ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 21:27
ފުލުހުން ނައިފަރުން އަތުލައިގެން މަސްތުވާތަކެތި
ފުލުހުން ނައިފަރުން އަތުލައިގެން މަސްތުވާތަކެތި
މުހައްމަދު ޝަރުހާން
މޯލްޑިވްސް ޕޮލިސް ސަރވިސް
ނައިފަރަށް އެތެރެކުރަން އުޅުނު މަސްތުވާ ތަކެތި ފުލުހުން އަތުލައިގެންފި
މިކަމާ ގުޅިގެން އަދި މީހަކު ހައްޔަރެއް ނުކުރޭ
އަތުލައިގަތީ އެރަށަށް ބޭލި ފޮށިގަނޑަކުން

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ޅ.ނައިފަރަށް އެތެރެ ކުރަން އުޅުނު މަސްތުވާތަކެތި ފުލުހުން އަތުލައި ގަނެފިއެވެ.

ފުލުހުން ބުނީ މާލެއިން ނައިފަރަށް ދަތުރުކުރާ ބޯޓަކުން ނައިފަރަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންގެ އިންޓެލިޖެންސަށް ލިބުމާއި ގުޅިގެން ނައިފަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސާއި ގުޅިގެން މިދިޔަ ހޯމަ ދުވަހުގެ ރޭ 23:30 ހާއިރު ހިންގި އޮޕަރޭޝަންގައި، އެ ބޯޓުން ބާލާފައިވާ ފޮށިގަނޑެއް ފުލުހުންގެ ބެލުމުގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ  އެއްޗެއް އަޅާފައި ހުރި  2 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލައާއި ގުޅިގެން  މީހަކު  އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ.

މި މައްސަލަ ޅ.ނައިފަރު ޕޮލިސް ސްޓޭޝަނުންދަނީ ތަޙްޤީޤުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް