ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 14:00
އުސްމިނުގައި 183 މީޓަރު ހުންނަ މި ސްޓެޗޫއަށް 29.9 ބިލިއަން ރުޕީސް ޚަރަދުކުރި
އުސްމިނުގައި 183 މީޓަރު ހުންނަ މި ސްޓެޗޫއަށް 29.9 ބިލިއަން ރުޕީސް ޚަރަދުކުރި
ބީބީސީ
ދުނިޔޭގެ އެންމެ އުސް ސްޓެޗޫ
ދުނިޔޭގެ އެންމެ އުސް ސްޓެޗޫ އިންޑިއާގައި
އުސްމިނުގައި 183 މީޓަރު ހުރޭ

ދުނިޔޭގެ އެންމެ އުސް ސްޓެޗޫ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ބުދަ ދުވަހު ހުޅުއްވައި ދެއްވައިފިއެވެ.

އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖުރާތުގައި ބަހައްޓާފައިވާ މި ބުދަކީ މިނިވަންކަމުގެ ލީޑަރެއް ކަމަށްވާ ސަރްދާރް ވައްލާބާއީ ޕަޓޭލްގެ ބުދެވެ.

އުސްމިނުގައި 183 މީޓަރު ހުންނަ މި ސްޓެޗޫ ހަދާފައި ވަނީ ރަންމަން ލޮއި ކްލެޑިންގ އިންނެވެ.

ސްޓެޗޫ އިފްތިތާހު ކޮށްދެއްވުމަށް ފަހު ބޮޑުވަޒީރު މޯދީ ވިދާޅުވީ"ސްޓެޗޫ އޮފް ޔުނިޓީ" ވެގެންދާނީ ޓޫރިސްޓުން ޝައުގުވެރިކުރުވާނެ އެއްޗަކަށް ކަމަށެވެ.

ނަމަވެސް އާއްމުން ބުނަމުންދަނީ 430 މިލިއަން އެމެރިކާ ޑޮލަރު (29.9 ބިލިއަން ރުޕީސް) ޚަރަދުކޮށްގެން ހަދާފައިވާ މި ބިނާއަކީ ރައްޔިތުންގެ ފައިސާ އިން ކުރި އިސްރާފެއް ކަމަށާއި މި ފައިސާ މި އަށް ވުރެ ރަނގަޅު ގޮތެއްގައި ބޭނުންކުރެވެން ޖެހޭނެ ކަމަށެވެ.

ބޮޑު ރަސްމިއްޔާތެއްގައި ސްޓެޗޫ އިފްތިތާހުކޮށްދެއްވަމުން ބޮޑުވަޒީރު މޯދީ ވަނީ އެ ތަނަކީ އިންޑިއާގެ ނަޒާހާތްތެރިކަމާއި ސާބިތުކަން ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.

ސްޓެޗޫ ހުޅުވުމުގެ ރަސްމިއްޔާތުގައި އިންޑިއާގެ އެއަރފޯސްގެ މަތިންދާ ބޯޓަކުން ވަނީ އޭގެ މައްޗަށް މާތަކެއް އޮއްސާލާފައެވެ.

އެ ގައުމުގެ ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ސްޓެޗޫ ހުޅުވުގެ ރަަސްމިއްޔާތަށް އެ ޑިސްޓްރިކްޓަށް އެތައް ހާސް ފުލުހުންނެއް ނެރެފައި ވެއެވެ.

މަންޒަރު ދުށް ބައެއް މީހުން ބުނެފައިވާ ގޮތުގައި ސްޓެޗޫ ހެދުމާ ދެކޮޅަށް މުޒާހަރާކޮށް ހަމަނުޖެހުން ހިންގާފައި ވެއެވެ.

- ކޮމެންޓް