ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 12:57
ޕީޕީއެމް މެމްބަރު އިބްރާހީމް ފަލާހު
ޕީޕީއެމް މެމްބަރު އިބްރާހީމް ފަލާހު
ފާތިމަތު ޝަނާ މުހައްމަދު
ރައްޔިތުންގެ މަޖިލިސް
ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި މޫސަގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާނަން: ޕީޕީއެމް ފަލާހް
ޖަލްސާތައް ގެންދަވަނީ ގަވާއިދާ ހިލާފަށް: ފަލާހު
މަޖިލީހުގެ ޖަލްސާތައް އެޖެންޑާ ކުރައްވަނީ މަސީހު: މޫސާމަނިކު
މަސީހު ޖެއްސުން ކުރުމުގެ ކަންކަން ކުރައްވާ: މޫސާމަނިކު

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ރީކޯ މޫސާމަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ކުރިއަށް އޮތް ދެތިން ދުވަހު، ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ނާއިބު ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 51 މެމްބަރުންގެ ސޮއި ކުރައްވައި މަޖިލީހަށް ހުށަހެޅިފައި ވާތީ، މިހާރު މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ މަޖިލީހުގެ ނައިބު ރައީސް މޫސާމަނިކަށް ނިސްބަތް ކުރައްވާ ފަލާހު ވިދާޅުވީ މިހާރު މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. 

ފަލާހު ވިދާޅުވީ އަންގާރަ ދުވަހު ޖަލްސާއެއް ބާއްވާނެ ކަމަށް ބުނެފައި، ރޭގެ ވަގުތެއްގައި އެޖަލްސާ ކެންސަލް ކުރައްވާފައިވާ ކަމަށް ވިދާޅުވެ، ބުދަ ދުވަހު ހެނދުނު އަނެއްކާވެސް މަޖިލީހުގެ ޖަލްސާއެއް 11:00 ގައި އޮންނާނެ ކަމަށް އެންގުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ފަލާހު ވިދާޅުވީ ހުށަހެޅިފައިވާ އެންޓި ޑިފެކްޝަން ގާނޫނަށް އޭނާ ބަހުސް ކުރައްވަމުން ގެންދަވާއިރު، ބައެއް މެމްބަރުންގެ އަމަލުތަކުން ވާހަކަ ދައްކަވަން އުނދަގޫތަކެއް ވަމުންދާ ކަމަށާއި ނަމަވެސް ރިޔާސަތުން އެކަން ހުއްޓުވުމަށް އެއްވެސް ކަމެއް ނުކުރައްވާތީ ކަންބޮޑުވާ ކަމަށެވެ. 

ފަލާހުގެ ވާހަކަތަކާ ގުޅިގެން ރިޔާސަތުގައި އިންނެވި މޫސާމަނިކު ވިދާޅުވީ ޖަލްސާތައް އެޖެންޑާ ކުރައްވަނީ އޭނާ ނޫން ކަމަށާއި ޖަލްސާތައް އެޖެންޑާ ކުރައްވައި ޖަލްސާތައް ބޭއްވުމަށް އޭނާއަށް އަންގަވަނީ މަޖިލީހުގެ ރައީސް މަސީހު ކަމަށެވެ. އިތުރަށް މޫސާ ވިދާޅުވީ މަސީހު ޖެއްސުން ކުރުމުގެ ކަންކަން ކުރައްވަމުން ގެންދަވާ ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައާ މެދު މަޖިލީހުން ގޮތެއް ނިންމުން އެޖެންޑާ ކޮށްފައިވަނީ ނޮވެމްބަރު މަހުގެ 08 ވަނަ ދުވަހުގެ ޖަލްސާ އަށެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް