ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 09:33
އެމްއެންޑީއެފް ކޯސްޓްގާޑް ކަނޑުމަތީގައި ހަރަކާތްތެރިވަނީ
އެމްއެންޑީއެފް ކޯސްޓްގާޑް ކަނޑުމަތީގައި ހަރަކާތްތެރިވަނީ
ގޫގުލް
އެމްއެންޑީއެފް ކޯސްޓްގާޑް
ގެއްލިގެން ހޯދި ފަތުރުވެރިޔާ ފެނިއްޖެ، އެމީހާ އޮތީ މަރުވެފައި!
މަރުވެފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނެއް
ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދިޔައީ ކ. މާފުށީގައި

ކ. މާފުށިން ފިހާޅޮހި އައިލެންޑް ރިސޯރޓަށް ދަތުރު ގޮސް މޫދަށް އެރި އުޅުނު އުމުރުން 31 އަހަރުގެ ފިރިހެން ފަތުރުވެރިޔާ ފެނިފައިވާ ކަމަށާއި އެމީހާ އޮތީ މަރުވެފައި ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ފަތުރުވެރިޔާގެ ހަށިގަނޑު ކޯސްޓްގާޑު ޑައިވަރުންނަށް ކަނޑުގެ އަޑިން ފެނިފައި ވަނީ މިއަދު 8:45 ހާއިރު ކަމަށެވެ. 

އެމީހާ ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަމުން ދިޔައީ ކ. މާފުށީގައެވެ. އެ މީހާ ގެއްލުނު ކަމުގެ ރިޕޯޓް އެމްއެންޑީއެފްގެ ކޯސްޓްގާރޑް މެރިޓައިމް ރެސްކިއު ކޯރޑިނޭޝަން ސެންޓަރަ (އެމްއާރުސީސީ) އަށް ލިބިފައިވަނީ އިއްޔެ 14:49 ހާއިރުއެވެ. އެ ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް (އެފްއައިސީ) "ދޮށިމޭނާ" ގައި އެމްއެންޑީއެފްގެ ޓީމެއް އެސަރަހައްދަށް ގޮސް އެ މީހާ ހޯދުމުގެ މަސައްކަތް ފެށި ކަމަށް އެމްއެންޑީއެފް އިން ބުނެފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް