ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 10:04
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ
ގެޓީ އިމޭޖަސް
އިބްރާހިމް މުހައްމަދު ސޯލިހު
އައު ރައީސް ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގެންފާނެ!
ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ ނޮވެމްބަރު 17 ގައި

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންފާނެ ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުނެފިއެވެ.

މީގެ ކުރިން އިންޑިއާގެ ނޫސްތަކުން ވަނީ ރައީސް ސޯލިހު ހުވައި ކުރައްވާ ރަސްމިއްޔާތަށް ގިނަ ގައުމުތަކެއްގެ ވެރިން ވަޑައިގަންނަވާ ކަމަށްވާ ނަމަ މޯދީ އެރަސްމިއްޔާތަށް ވަޑައިނުގަންނަވާނެ ކަމަށެވެ. ހާއްސަކޮށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަޑައިގަންނަވާ ނަމަ މޯދީ ރަސްމިއްޔާތަށް ވަޑައިނުގަންނަވާނެ ކަމަށް ބައެއް ރިޕޯޓްތައް ބުނެފައި ވެއެވެ. 

އިންޑިއާގެ ނޫހެއް ކަމަށްވާ އިކްނޮމިކް ޓައިމްސްއިން  ބުނެފައި ވަނީ 2015 ވަނަ އަހަރު ރާއްޖެއަށް ވަޑައިގެންނެވުމަށް މޯދީ ހަމަޖެއްސެވި ދަތުރުފުޅު ކެންސަލް ކުރެއްވި ނަމަވެސް ސޯލިހު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް މޯދީ ވަޑައިގަންނަވާނެކަމުގެ ސިގްނަލްތައް ލިބެމުންދާ ކަމަށެވެ. 

މިކަމާ ގުޅިގެން އިންޑިއާގެ ރަސްމީ އިދާރާއަކުން އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. 

ރައީސް ސޯލިހު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖެހިފައިވަނީ ނޮވެމްބަރު 17 ގައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް