ކ. މާލެ
|
31 އޮކްޓޯބަރ 2018 | ބުދަ 05:05
މާލޭގައި މީހަކު މަރުވެގެން އެމްބިއުލާންސަށް ލާފައި
މާލޭގައި މީހަކު މަރުވެގެން އެމްބިއުލާންސަށް ލާފައި
މުހައްމަދު ޝަރުހާން
އުމުރުން ދުވަސްވީ މީހެއް މަރުވުން
ވިލިމާލޭ ގެއެއްގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
މަރުވެފައިވަނީ 60 އަހަރުގެ ފިރިހެނެއް
ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުން
މަރުވީ ގއ. ކޮލަމާފުއްޓަށް ނިސްބަތްވާ މީހެއް

ވިލިމާލޭ ގެއެއްގެ ތެރެއިން އުމުރުން ދުވަސްވީ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން މިކަން ކަށަވަރުކޮށްދީފައިވާއިރު، މަރުވެފައި އޮތް މީހާ ފެނުނު ގޭގެ ސަރަހައްދުގައި ފުލުހުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ 60 އަހަރުގެ ފިރިހެނެއް ކަމަށާއި، އެމީހާ މަރުވެފައި އޮތްކަމުގެ މައުލޫމާތު ލިބިފައިވަނީ އަންގާރަ ދުވަހުގެ ރޭ 22:10 ގައި ކަމަށެވެ. އަދި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައިވާ މީހާ އަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގައި މަސައްކަތް ކުރަމުން އަންނަ ގއ. ކޮލަމާފުއްޓަށް ނިސްބަތްވާ މީހެކެވެ.

މީގެއިތުރުން މައުލޫމާތު ލިބޭ ގޮތުގައި އެ މީހާ އެގޭ ތެރޭގައި މަރުވެފައި އޮންނަތާ ތިން ދުވަސް ވެދާނެ ކަމަށް ލަފާކުރެވެއެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް