ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 12:38
ހުޅުމާލޭގައ މީގެ ކުރިން ހިނގި އެކްސިޑެންޓެއް
ހުޅުމާލޭގައ މީގެ ކުރިން ހިނގި އެކްސިޑެންޓެއް
ރާއްޖެ އެމްވީ
ނުރައްކާތެރި އެކްސިޑެންޓް
ހޯމަ ދުވަހުގެ ރޭ ހިނގި އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ހަތަރު މީހުންގެ ވެސް އަނިޔާ ލިބިފައިވަނީ ބޮލަށް
އަންހެން މީހާ ހޮސްޕިޓަކުން ދޫކޮށްލާއިފައިވާއިރު، އަނިޔާވި ދެފިރިހެނުންގެ ހާލު ރަނގަޅު

ސިނަމާލެ ބްރިޖްގައި ހޯމަ ދުވަހުގެ ރޭހިނގި އެކްސިޑެންޓު އަނިޔާވި ހަތަރު މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފިއެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުނީ އެކްސިޑެންޓް ވެގެން ގެނައި ހަތަރު މީހުންގެ ވެސް އަނިޔާވެފައި ވަނީ ބޮލަށް ކަމަށެވެ. އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ 50 ފިރިހެނަކަށާއި، 20 އަހަރުގެ ފިރިހެނަކަށާއި، 17 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން 43 އަހަރުގެ އަންހެނަކަށެވެ. އަންހެން މީހާއަށް ފަރުވާދީ، އޮބްޒަވޭޝަން ބޭއްވުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.

އާސަންދަ ކުންފުނިން ބުނީ ބާކީ ތިން މީހުން ސީޓީ ސްކޭން ހަދަން ފޮނުވީ އޭޑީކޭއަށް ކަމަށާއި، އޭގެ ތެރެއިން ދެ މީހުން މިހާރު ސްކޭން އަށް ފަހު ހުޅުމާލެ ހޮސްޕިޓަލަށް ބަދލަުކޮށް ފަރުވާ ދެމުންދާ ކަމަށެވެ. އަދި އެ ދެ މީހުންގެ ވެސް ހާލު ރަނގަޅު ކަމަށާއި، ދެ މީހުން ވެސް ތިބީ އޮބްޒަވޭޝަންގައި ކަމަށެވެ.

ހޯމަ ދުވަހުގެ ރޭ 11.00 ހާއިރު މި އެކްސިޑެންޓް ހިނގާފައިވާއިރު، މިއަދު ހެނދުނު ބްރިޖުގެ ހައިވޭ މަތިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވޭނެއް ކޮންޓްރޯލުން ނެއްޓިގެން ގޮސް އަރިމަތީ ފެންސުގައި ޖެހި ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. މި ފަހަކަށް އައިސް ބްރިޖް މަތީގައި ދަނީ ނުރައްކާތެރި ގިނަ އެކްސިޑެންޓްތައް ހިނގަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް