ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 12:13
މެމްބަރު މުސްތަފާ(ވ)
މެމްބަރު މުސްތަފާ(ވ)
ޓްވިޓަރ
12 މެމްބަރުންގެ ގޮނޑި
މެމްބަރު މުސްތަފާ އާއި ޝާހްގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ކަނޑައަޅައިފި
12 މެންބަރުންގެ ތެރެއިން 10 މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ވަނީ ކަނޑައަޅާފައި

ރައްޔިތުން މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު އަލި ޝާހްގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

މެމްބަރު މުސްތަފާގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނާ މައްސަލާގައި މުސްތަފާގެ ގާނޫނީ ވަކީލުން މައިގަނޑު ގޮތެއްގައި ފާހަގަ ކުރައްވާފައި ވަނީ މުސްތަފާ އާއި ޝާހް ޕީޕީއެމްގެ މެމްބަރު ކަމުން ވަކިވެފައި ވަނީ "ފްލޯ ކޮރޮސިންގ"އާ ބެހޭ ގޮތުން ސުޕްރީމް ކޯޓުން 13 ޖުލައި 2017 ވަނަ ދުވަހު ކޮށްފައިވާ ހުކުމުގެ ކުރިން ކަމަށް ވާތީ، މެމްބަރު އެ ދެ މެންބަރުންގެ ގޮނޑި ގެއްލިފައި ނުވާ ކަމަށެވެ. 

މަޖިލީހުގެ މެމްބަރު ކަމުން 12 މެމްބަރުން ވަކިކުރީ މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއި ކުރެއްވުމުންނެވެ. 

އިލެކްޝަންސް ކޮމިޝަނުން 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް މީގެ އެއް އަހަރު ކުރިން ނިންމާފައިވާ ނިންމުން އިލެކްޝަންސް ކޮމިޝަނުން ވަނީ ދާދި ފަހުން ބަދަލުކޮށް، އެ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ނިންމާފައެވެ. ނަމަވެސް މެމްބަރުންގެ ގޮނޑީގެ މައްސަލަތައް ސުޕްރީމް ކޯޓުގައި ކުރިއަށްދާތީ ސުޕްރީމް ކޯޓުން ވަނީ އިލެކްޝަންސް ކޮމިޝަނުގެ އެނިންމުން ބާތިލް ކަމަށް ނިންމާފައެވެ. ނަމަވެސް ސުޕްރީމް ކޯޓުގައި މައްސަލަ ކުރިއަށްދާތީ އެކަމާ މެދު ގޮތެއް ނިންމާނީ އެ ކޯޓުން ކަމަށް ސުޕްރީމް ކޯޓުން އެންގުމުން އިލެކްޝަނުގެ އެ ނިންމުން ބާތިލްކޮށް ކޯޓުގައި އެ ކޮމިޝަންގެ ސްޓޭންޑަކީ މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމެވެ.

ބާރަ މެމްބަރުންގެ ތެރެއިން މިހާތަނަށް ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅާފައި ވަނީ 10 މެމްބަރެއްގެ މެމްބަރު ކަމުގެ ގޮނޑިއެވެ. ދެން ބާކީ ތިބީ ދެ މެމްބަރެއްގެ ގޮނޑިއެވެ. އެ  ދެ މެމްބަރުންނަކީ ހަނިމާދޫ ދާއިރާގެ މެމްބަރު ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲގެ ގޮނޑީގެ މައްސަލައެވެ. އެ ދެ މެމްބަރުންގެ މައްސަލައިގައި ވެސް މިއަދު ސުޕްރީމް ކޯޓުން ގޮތް ނިންމާނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
30 އޮކްޓޯބަރ 2018 | އަންގާރަ 10:19
ހަސަނުމް
ރައްޔިތުން ހޮވާފަ ތިބި ބަޔަކު ރައްޔިތުންނަށް ނޭގީ ބޭރުކޮށް ގޮޑި ގެއްލުވޭނެ ގޮތެއް ނޯންނާނެ. ބޭރު ކުރަން ބޭނުން ނަމަ އަލުން ވޯޓަކަށް ދާންޖެހޭ ގޮތަށް ގާނޫނެއް އޮތުން މައްސަލައެއްނޫން.
30 އޮކްޓޯބަރ 2018 | އަންގާރަ 09:04
ކޮސްގޮވާ
ތި ފަޑިޔާރުގެ ޑައުން ގްރޭޑްކުރަން ފެނޭ