ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 11:57
އދ. ފެންފުށީ
އދ. ފެންފުށީ
ޓްވިޓަރ
އދ ފެންފުށި
ފެންފުށީ ދެކުނު ފަރާތު ހޭޅިމަތީގައި ހުރި ގިނަ ރުއްތައް ކުށްޔަށް ދޫކުރަން ނިންމައިފި
ރުއްތައް ކުއްޔަށް ދޫކުރަން ނިންމާފައި ވަނީ 3 އަހަރަށް
މިރުއްތަށް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ ސިޓީލާ ނީލަމުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް
ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ ރުއްތަކުގެ ކުލި މީލާދީ އަހަރަކަށް 2000 ރުފިޔާ

އދ. ފެންފުށީ ދެކުނު ފަރާތު ހޭޅިމަތީގައިވާ ރުއްތަކާއި ސިއްހީމަރުކަޒު ކުރިމަތީގައިވާ ބިމުގައި ހުރި ރުއްތައް ސިޓީލާ ނީލަމުން ކުއްޔަށް ދޫކުރަން ނިންމައިފިއެވެ.

ފެންފުށީ ކައުންސިލުން ނެރިފައިވާ އިޔުލާނެއްގައި ބުނެފައި ވަނީ މިރަށު ސަހަރާގެ ހުޅަނގު ދެކުނު ކަނުންފެށިގެން އިރަށް ދެކުނު ފަރާތު ހޭޅިމަތީގައިވާ ހުރިހާ ރުކާއި، މިރަށު ދިގުމަގާއި އާމިނާ ރަނިކިލެގެ މަގު ގުޅޭ ކަންމަތީގައިވާ ހުސްބިމުގައިވާ އެންމެހާ ރުކާއި، ބަށިކޯޓުގެ އިރުމަތީ ހުސްބިމުގައިވާ އެންމެހާ ރުކާއި، އަދި ސިއްހީ މަރުކަޒުގެ ކުރިމަތީގައިވާ ހުސްބިމުގައި ހުރި އެންމެހާ ރުކާއި އެރަށު އޮޑިދޯނިފަހަރު އެހިލުމަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައި ހުރި އެންމެހާ ރުއް ތިން އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކައުންސިލުން ބުނީ މިރުއްތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ ސިޓީލާ ނީލަމުން އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށް ކަމަށާއި، ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގަކީ ރުއްތަކުގެ ކުލި މީލާދީ އަހަރަކަށް 2000ރ. އަށް ކަމަށެވެ. އަދި ނީލަމަށް މަދުވެގެން އިތުރުކުރެވޭނީ 1000ރ. ކަމަށެވެ.

ކޮންމެ ދުވަހަކު ވެސް އޮފީސް ބަނދުކުރާއިރު އެ ދުވަހަކު ހުށަހަޅާފައިވާ އެންމެމަތީއަގު ކައުންސިލްގެ އިދާރާ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެކަން ފާހަގަކޮށް ކައުންސިލުން ބުނީ ޖެހިޖެހިގެން ސަރުކާރު ބަންދު ނޫން ތިން ދުވަހު އެއް އަގު އޮވެއްޖެ ނަމަ އެ ފަރާތަކަށް ނީލަން ކާމިޔާބުވީކަމުގައި ނިންމޭނެ ކަމަށެވެ. ތިން ދުވަސްގުނުމުގައި ސިޓީލާ ދުވަސް ނުހިމެނޭނެ ކަމަށް ވެސް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އި ތުރަށް ކައުންސިލުން ބުނީ މިރުއްތަށް ކުއްޔަށް ނަގާ ފަރާތުން ރުއްތަކުން އުފެދޭ ކުނި ނައްތާލުމަށް ކުނީ ފީގެ ގޮތުގައި އަހަރަކަށް 1000 ރުފިޔާ ކައުންސިލްގެ އިދާރާ އަށް ދައްކަންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް