ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 12:36
މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއް
މީގެ ކުރިން ހިނގާފައިވާ އެކްސިޑެންޓެއް
ރާއްޖެ އެމްވީ
އެކްސިޑެންޓް
ހުޅުމާލެ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
ޑްރައިވަރަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުން

މާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ވެފައި ވަނީ ހުޅުމާލެ އަށް ދުއްވާފައި ދިޔަ ވޭނެއް ހައިވޭގެ ދެކަފިވެފައިވާ ހިސާބުން ކޮންޓްރޯލް ނުވެގޮސް އަރިމަތީ ފެންސްގައި ޖެހިގެން ކަމަށެވެ. އެކްސިޑެންޓް ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 6 ޖަހާކަށްހާއިރުއެވެ.

މި ހާދިސާގައި އަނިޔާވެފައި ވަނީ ވޭން ދުއްވަން އިން ބިދޭސީ ފިރިހެނަކަށް ކަމަށް ފުލުހުން ބުނެއެވެ. އެ މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާދެމުންނެވެ. 

އޭނާގެ އެކި ތަންތަނުގައި ރެނދުލާފައިވާ ކަމަށް ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ބުންޏެވެ. އޭނާ މިހާރު ވަނީ އައިޖީއެމްއެޗް އަށް ބަދަލުކޮށްފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް