ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 08:26
މާލެއިން ފެށިގެން އައްޑޫ އަތޮޅާއި ދެމެދަށް ވަނީ ވައިޓް އެލާޓް ނެރެފައި
މާލެއިން ފެށިގެން އައްޑޫ އަތޮޅާއި ދެމެދަށް ވަނީ ވައިޓް އެލާޓް ނެރެފައި
ޓްވިޓަރ
ރާއްޖޭގެ މޫސުން
މާލެއިން ދެކުނަށް މޫސުން ގޯސް
މި ސަރަހައްދަށް ގަދަ ވަޔާއިއެކު ބޯކޮށް ވާރެވެހޭނެ

މާލެއިން ފެށިގެން ގޮސް އެންމެ ދެކުނު އައްޑޫ އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާ އިން އެ ސަަރަހައްދަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބޭހޭ ގައުމީ އިދާރާ އިން ބުނީ، މި ސަރަހައްދަށް ގަދަ ވަޔާއިއެކު ބޯކޮށް ވާރެވެހޭނެކަމަށެވެ.

މާލެއިން ފެށިގެން އައްޑޫ އަތޮޅާއި ދެމެދަށް ވައިޓް އެލާޓް ނެރެފައިވަނީ، އަންގާރަ ދުވަހުގެ ފަތިހު 6.00 އިން މެންދުރު 12.00 އާއި ހަމައަށެވެ.

ރޭ މެންދަމުއްސުރެ މާލެއަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ. އާދިއްތަ ދުވަހުވެސް މާލެއަށް ބޯކޮށް ވާރޭވެހި ދުއްވާ އެއްޗެހި ދުއްވުމަށާއި، ހިނގާބިނގާވެ އުޅެން ދަތިވާވަރަށް މުޅި މާލޭގައި ފެންބޮޑުވިއެވެ.

މާލޭގައި ބޮޑުވި ފެން ހިންދާފައިވަނީ އެމްއެންޑީއެފުން ޕަމްޕްޖަހައިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ޝާނީ
- ކޮމެންޓް