ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 00:50
މިނިސްޓަރ އޮފް ޑިފެންޑް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު
މިނިސްޓަރ އޮފް ޑިފެންޑް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު
އެމްއެންޑީއެފް
އެމްއެންޑީއެފް
ސިފައިންގެ އާ އިމާރާތް ޑިފެންސް މިނިސްޓަރ ހުޅުވައިދެއްވައިފި
މި ޢިމާރާތުގެ މަސައްކަތް ފެށިފައިވަނީ 2016 ފެބްރުއަރީ 19 ވަނަ ދުވަހު

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ހެޑްކްއޯޓަރޒް، ބަންޑާރަކޮށީގައި އަލަށް އިމާރާތްކުރި ނުވަ ބުރީގެ އިމާރާތް މިނިސްޓަރ އޮފް ޑިފެންޑް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރު، ހޯމަ ދުވަހު ހުޅުވައި ދެއްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ.

އޮފީސް ޖާގައަށް ޚާއްޞަ ބަޔަކާއި، އެކޮމަޑޭޝަން ބްލޮކަކާއި، ނަމާދުކުރުމަށް ޚާއްޞަ ބަޔަކާއި، ޖަލްސާކުރާ މާލަމެއްގެ އިތުރުން، ޕާކިންގ ޒޯނެއް ވެސް ހިމެނެއެވެ.

ބަންޑާރަކޮށީގެ އަށްބުރި އިމާރާތް އެޅުމަށް އެލިއާ ކޮންސްޓްރަކްޝަނާއި ހަވާލުކުރައްވާފައި ވަނީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކްތަކުގެ ބައެއް އޮފިސަރުންގެ އިތުރުން އެކި ރޭންކްތަކުގެ ސިފައިން ބައިވެރިވެލެއްވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް