ކ. މާލެ
|
30 އޮކްޓޯބަރ 2018 | އަންގާރަ 00:10
މާލިއްޔަތު ކޮމެޓީ: އެ ކޮމެޓީގެ ރިޕޯޓް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައި
މާލިއްޔަތު ކޮމެޓީ: އެ ކޮމެޓީގެ ރިޕޯޓް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައި
މުހައްމަދު ޝަރުހާން
ރައްޔިތުންގެ މަޖިލިސް
އޮޑިޓް އޮފީހަށް 60 މިލިއަން ރުފިޔާގެ ބަޖެޓެއް ދޭން ކޮމެޓީން ނިންމައިފި
އަހަރުގެ ބަޖެޓް 20 ޕަސެންޓް ބޮޑު
އިތުރަށް ކަނޑައަޅާފައި ވަނީ 10 މިލިއަން
އަންގާރަ ދުވަހުގެ ޖަލްސާއަށް ބަޖެޓް ވަނީ އެޖެންޑާކޮށްފައި

އޮޑިޓާ ޖެނަރަލްގެ އޮފީހަށް އަންނަ އަހަރަށް 60 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި، އެ ބަޖެޓް ފާސްކޮށް ދިނުމަށް މާލިއްޔަތު ކޮމެޓީން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހަށް މާލިއްޔަތު ކޮމެޓީން ކަނޑައަޅާފައިވާ ބަޖެޓަކީ މިއަހަރު އެ އޮފީހަށް ކަނޑައެޅި ބަޖެޓަށް ވުރެ 20 ޕަސެންޓް ބޮޑު ބަޖެޓެކެވެ. ދެހާސްއަށާރަ ވަނަ އަހަރަށް އެ އޮފީހަށް ކަނޑައަޅާފައި ވަނީ 50.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އޭގެ ކުރީ އަހަރު، 2017 ވަނަ އަހަރު އެ އޮފީހަށް ދީފައި ވަނީ 45 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ނަމަވެސް އަންނަ އަހަރަށް އޮޑިޓާ ޖެނަރަލްގެ އޮފީހަށް ކަނޑައަޅާފައިވާ ބަޖެޓުގެ ޖުމްލަ އަދަދަކީ 60،602،001 (ފަސްދޮޅަސް މިލިއަން ހަ ލައްކަ ދެހާސް އެއް ރުފިޔާ) އެވެ. މިއީ މިއަހަރުގެ ބަޖެޓަށް ވުރެ 10 މިލިއަން ރުފިޔާ އިތުރު، އަދި 20 ޕަސެންޓް ބޮޑު ބަޖެޓެކެވެ.

ބަޖެޓުގައިވާ ގޮތުން އެ އޮފީހުގެ ރިކަރެންޓް ހަރަދު 56 މިލިއަނަށް އަރައެވެ. އަދި ކެޕިޓަލް ހަރަދު 4.3 މިލިއަން ރުފިޔާއަށް އަރައެވެ.

މާލިއްޔަތު ކޮމެޓީން އެ އޮފީހަށް ކަނޑައަޅާފައިވާ ބަޖެޓް ފާސްކުރުމަށް އަންގާރަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާކޮށްފައެވެ.

އޮޑިޓާ ޖެނަރަލްގެ އޮފީހުގެ ގާނޫނުގައި ބުނެފައި ވަނީ ކޮންމެ މާލީ އަހަރެއް ފެށުމުގެ ތިން މަސް ކުރިން އެ އަހަރަކަށް ކަނޑައަޅާ ބަޖެޓް މަޖިލީހަށް ފޮނުވަންވާނެ ކަމަށެވެ. އަދި އެ ބަޖެޓަށް ގެންނަން ބޭނުންވާ ބަދަލުތަކާއެކު، މަޖިލީހުން ފާސްކުރާ ގޮތެއްގެ މަތިން ދައުލަތުގެ މާލިއްޔާއިން އޮޑިޓަރ ޖެނަރަލްގެ އޮފީހަށް ފައިސާ ދޫކުރަންވާނެ ކަމަށް އޮޑިޓް ގާނޫނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް